ދުނިޔެ

ޔޫކޭއިން ވޭޕް މަނާކުރަނީ

ޔޫކޭއިން ވޭޕް މަނާކުރަނީ

ވޭޕް ފޮޓޯ:އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޮކްޓޯބަރު 2024، 02:10

26 އޮކްޓޯބަރު 2024، 02:10

ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން އިނގިރޭސިވިލާތާއި، ސްކޮޓްލެންޑް އަދި ވޭލްސްގައި އެއްފަހަރު ބޭނުންކޮށްލާ ޑިސްޕޯސަބަލް ވޭޕް ވިއްކުން މަނާކުރުމަށް ރަސްމީކޮށް ޤާނޫނެއް ތަޢާރަފްކޮށްފިއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2025 ގައެވެ. މިއީ ކުނި މަދުކުރުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި އައު ޤާނޫނުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަޤްބޫލުވަމުން  އަންނަ ޑިސްޕޯސަބަލް ވޭޕް ބޭނުންކުރުމާ ގުޅޭ މައްސަލަތަކަށް ހައްލެއް ހޯދުމެވެ. ސަރުކާރުގެ ދިރާސާތަކުން ދައްކާގޮތުގައި ޔޫކޭގެ 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކުދިން ވޭތުވެދިޔަ އަހަރު ވޭޕް ބޭނުންކޮށްފައިވެއެވެ. އަދި މި ކުދިން އެންމެ ގިނައިން ބޭނުންކުރަނީ ޑިސްޕޯސަބަލް ވޭޕެވެ. މި ބާވަތުގެ ވޭޕް މަނާކުރުމުން ޒުވާނުންނަށް ނިކޮޓިން ލިބުން މަދުވެ، ނިކޮޓިންއަށް ދެވިހިފުމުގެ މައްސަލަ ކުޑަވާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މި ޤާނޫނުގެ ދަށުން ވިޔަފާރިތަކަށް 2025 ގެ ޖޫން މަހާ ހަމައަށް މިހާރު ހުރި ސްޓޮކް ނައްތާލުމަށް ވަގުތު ދެވޭނެއެވެ. އަދި މުޅި ޔޫކޭގައި މި ޤާނޫނު އެއްގޮތަކަށް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާާނެއެވެ.

މީގެ އިތުރުން، 1 ޖެނުއަރީ 2009 ގެ ފަހުން އުފަންވާ މީހުންނަށް ސިނގިރޭޓް ވިއްކުން މަނާކުރުމަށް ހުށަހަޅާފައިވާ "ޓޮބެކޯ އެންޑް ވޭޕްސް ބިލް" ފަދަ އިތުރު ފިޔަވަޅުތަކެއްވެސް ސަރުކާރުން ނަގަމުންދެއެވެ.

މި ޤާނޫނަކީ ކުނި މަދުކުރުމާއި، ޒުވާނުން ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި އަދި ދައުރުވާ އިޤްތިޞާދަކަށް ބަދަލުވުމަށް ޔޫކޭ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
                    

މި ލިޔުން ކިޔާލުމުން