Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ހދ. ކުރިނބީ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހދ. ކުރިނބީ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސް، ކުރިނބީ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 10:59

27 އޯގަސްޓު 2025، 10:59

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލުމާއި، ރަށުގެ ބޯހިޔާވަހިކަމަށް އިޢުލާނު ކުރެވުނު ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވުމާއި، ރަށުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށާއި، ސްކޭޓް ކުރާނެ ސަރަހައްދަކާ،އި މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކޮށްދެއްވުމަށް އެދިފައެވެ. ކައުންސިލުން އިތުރަށް ވަނީ، ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ފުޓްސަލް ދަނޑުގެ ޓަރފް އެޅުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރަށުގައި ރައްކާތެރިގޮތުގައި ކުނި ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށު ސްކޫލުގެ ކްލާސްރޫމްގެ ދަތިކަމާއި، ރަށު ހެލްތު ސެންޓަރަށް ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ. ހަމަ އެހެންމެ، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް އިތުރު އިންޖީނެއް ބޭނުންވާކަމާއި، އިންޖީނުގޭގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށުގައި ފެނަކަ އިމާރާތެއް ގާއިމުކޮށްދެއްވައި، އައު އިންޖީނެއް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން