ދުނިޔެ
ޣައްޒާގެ ކުޑަކުދިންގެ މެދުގައި ނަފްސާނީ އަދި އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފަ: ޔުނިސެފް

ޣައްޒާގެ ކުޑަކުދިންގެ ހާލަތު
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ދިގުދެމިގެންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން، ޣައްޒާގެ ކުޑަކުދިންގެ މެދުގައި ނަފްސާނީ އަދި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް، އދ. ގެ ކުޑަކުދިންގެ ފަންޑު (ޔޫނިސެފް) އިން އިންޒާރު ދީފިއެވެ. މިހާރު 1.1 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވަނީ ބޮޑެތި ނަފްސާނީ އަސަރުތަކާއި ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައެވެ.
ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، ޔޫނިސެފްގެ މެދުއިރުމަތީ އަދި އުތުރު އެފްރިކާގެ އެޑްވޮކަސީ އެންޑް މީޑިއާ ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ސަރަހައްދީ ޑިރެކްޓަރު އައްމާރު އައްމާރު ވިދާޅުވީ، އިޒްރޭލުން ދޭ ވައިގެ ހަމަލާތަކާއި ބްލޮކޭޑްގެ ސަބަބުން އެތައްހާސް ކުޑަކުދިން މަރުވެ، ނުކުޅެދޭ ހާލަތު މެދުވެރިވެފައި ވާއިރު، އެއް މުޅި ޖީލެއްގެ ކުދިންގެ ހިތްތަކުގައި "ދިގު މުއްދަތަކަށް ފަސޭހަ ނުވާނެފަދަ ނަފްސާނީ އަސަރުތައް" އުފައްދާފައިވާ ކަމެއް ކަމަށެވެ.
މި ހަނގުރާމަ ވަނީ އެ ކުދިންގެ އާ ހަގީގަތަކަށް ވެފަ. އެ ކުދިންގެ އަމާންކަމާއި، ތައުލީމާއި، އާދައިގެ ކުޑައިރުގެ ދިރިއުޅުން މިވަނީ ގެއްލިފަ،ޣައްޒާގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނަފްސާނީ ގެއްލުންތަކުގެ މިންވަރު އެއްވެސް އިރެއްގައި ނުފެންނަ މިންވަރަކަށް ބޮޑުވެފައިވާއިރު، އެ ކުދިންގެ ކުރިއެރުމަށް އެއީ ވަރަށް ނުރައްކާތެރި އަސަރެއް އައްމާރު
ޔޫނިސެފް އިން ފާހަގަކުރި ގޮތުގައި، ޣައްޒާގެ ކުޑަކުދިންނަށް އާދައިގެ ކަމަކަށް މިހާރުވެފައިވަނީ މަޖުބޫރުން ހިމާޔަތް ހޯދުމަށް ދަތުރުކުރުމާއި، ބަނޑުހައިހޫނުކަމާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ގޭގޭގެ އިތުރުން ފެނުގެ ނިޒާމު ހަލާކުކުރުން ފަދަ އިންސާނީ ހައްގުތަކާ ޚިލާފުވުންތަކެވެ. މި ހާލަތްތަކުގެ ޖުމްލަ އަސަރަކީ "ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކަށް ނޫން، އެހެނަސް ދިރިއުޅުމުގެ އަސާސްތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް" ކަމަށް ޔޫނިސެފް އިން ވަނީ ބުނެފައެވެ.
މި ޖަމިއްޔާއިން ބުނި ގޮތުގައި، ޣައްޒާގައި ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކާނާގެ ސަލާމަތްތެރިކަން ނެތި، ބަނޑުހައިހޫނުކަމާއި ބަލިތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ޖުލައި މަހު އެކަނިވެސް 12،000 ކުޑަކުދިންނަށް ވަނީ އެކިއުޓް މެލްނިއުޓްރިޝަން ޖެހިފައެވެ. އަދި ކުޑަކުދިންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކުދިން ދަނީ "ސީވިއަރ ވޭސްޓިންގ" އަށް ފަރުވާ ހޯދަމުންނެވެ. އެއީ ވަގުތުން ފުރާނަ ގެއްލިދާނެ ކަަމަކަށް ވެފައި، ދިގު މުއްދަތުގެ ގޮންޖެހުންތައްވެސް އެކުލެވޭ ބައްޔެކެވެ.
އައްމާރު އިޝާރާތް ކުރެއްވީ، ބަނޑުހައިހޫނުކަމާއި ފަރުވާ ނުލިބުމުގެ ސަބަބުން ފުރާނަ ގެއްލެމުންދާ ކުދިންނާއި ބަލިކަށި ކުޑަކުދިންގެ ހިތާމަވެރި މަންޒަރުތަކަށެވެ. "މިއީ ހުއްޓުވޭނެ މަރުތައް،" އޭނާ އިތުރަށް ވިދާޅުވަމުން އެދުނީ، މި ހާލަތު ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަދިވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ނުކުޅެދިފައިވާކަމަށެވެ.
ޔޫނިސެފް އިން ކަށަވަރުކޮށްދިނީ ޣައްޒާގައި އެ ޖަމިއްޔާގެ ހަރަކާތްތައް ވަރުގަދަކުރަމުންދާ ކަމަށެވެ. ނަމަވެސް، ލޮޖިސްޓިކް ދަތިތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން އަޅާ ހުރަސްތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅެމުންދެއެވެ. ޔޫނިސެފް އިން ވަނީ ކާނާއާއި، ބޭހާއި، ސާފު ފެން ގެނައުމަށްޓަކައި ސަލާމަތީ ކޮރިޑޯތައް ހުޅުވާލުމަށް ގޮވާލާފައެވެ. އަދި އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާ ވަނީ ގާތްގަނޑަކަށް 18 އަހަރުވަންދެން ފިއްތުންތަކުގެ ތެރޭގައި ބްލޮކޭޑްކުރެވިފައެވެ. އަދި މިފަހަރުގެ ހަނގުރާމައިގެ ސަބަބުން، ހަލާކުވެފައިވާ އެ ސަރަހައްދުގެ އުމްރާނީ ތަރައްގީއަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިލީފް ޖަމިއްޔާތަކުން ދަނީ އިންޒާރު ދެމުންނެވެ. މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަކީ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ނުރައްކާތެރި ކާރިސާތަކުގެ ތެރޭގައި ހިމެނޭ އެއް ކާރިސާ ކަމަށާއި، އެ ކާރިސާގެ އެންމެ ބޮޑު އަގު ދައްކަމުންދަނީ ކުޑަކުދިން ކަމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.