Ads by Stelco

ޚަބަރު / ވިޔަފާރި

ރެޑްބޮކްސް އިން ރާއްޖެ ގެންނަ މުދަލަށް އިސްލާމިކް އިންޝުއަރެންސް ތަޢާރަފުކޮށްފި!

ރެޑްބޮކްސް އިން ރާއްޖެ ގެންނަ މުދަލަށް އިސްލާމިކް އިންޝުއަރެންސް ތަޢާރަފުކޮށްފި!

ރެޑްބޮކްސް އިން ރާއްޖެ ގެންނަ މުދަލަށް އިސްލާމިކް އިންޝުއަރެންސް ތަޢާރަފުކުރުން

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 02:42

27 އޯގަސްޓު 2025، 02:42

ދިވެހިރާއްޖޭގައި ކުރިއަރ ގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ރެޑްބޮކްސް އިން، ދުނިޔޭގެ 15 ޤައުމަކުން ރާއްޖެ ގެންނަ މުދަލަށް އިސްލާމިކް އިންޝުއަރެންސް ތަޢާރަފުކޮށްފިއެވެ. މިކަމުގެ ސަބަބުން، ކަސްޓަމަރުންގެ މުދަލަށް ލިބިދާނެ ގެއްލުން ތަކުން ރައްކާތެރިވުމަށް މަގުފަހި ވެގެން ދާނެއެވެ.

"ރެޑްތަކާފުލް" އެޖެންސީ މެދުވެރިކޮށް ރެޑްބޮކްސް އިން އަލަށް އިފްތިތާޙު ކުރި އިސްލާމިކް އިންޝުއަރެންސް އަކީ، ޕެކޭޖްތައް ރާއްޖެ ގެނައުމުގެ ތެރޭގައި ލިބިދާނެ ގެއްލުމަކުން ނުވަތަ ގެއްލިދިޔުމަކުން ސަލާމަތްވުމަށް ލިބޭ ފުރިހަމަ ރައްކާތެރިކަމެކެވެ. އަދި މި އިންޝުއަރެންސަކީ އިސްލާމީ ޝަރީޢަތުގެ އިންތަކުގެ ތެރެއިން ފަރުމާކުރެވިފައިވާ ޚިދުމަތެއް ކަން ފާހަގަކުރެވެއެވެ.

މި އިންޝުއަރެންސް ހޯދުމަށްޓަކައި، ރެޑްބޮކްސް ގެ ފުލްފިލްމަންޓް ވެބްސައިޓް ކަމަށްވާ "ޝޮޕްމީ" މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕެކޭޖްގެ ޝިޕްމަންޓް އަށް އެދޭ ވަޤުތު، އިންޝުއަރެންސް ގެ އަގަށް އަރާނެ ޢަދަދު ބަލާލުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. އިންޝުއަރެންސް އަށް ނެގުމަށް ހަމަޖެހިފައި ވަނީ މުދަލުގެ ޑިކްލެއަރ ކުރެވިފައިވާ އަގުގެ 4 އިންސައްތައެވެ.

ރެޑްބޮކްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި އިންޝުއަރެންސް އާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓްގެ ޓަރމްސް އެންޑް ކޮންޑިޝަންސް ބައިން ބަލާލެވޭނެއެވެ. މުދާ ގެނައުމުގައި ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށްޓަކައި، އިންޝުއަރެންސް ކުރުމަކީ އެޅުން މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރެޑްބޮކްސް އިން ފާހަގަކުރެއެވެ. އިންޝުއަރެންސް ނުކުރާ ޕެކޭޖްތަކަށް ގެއްލުމެއް ދިމާވެއްޖެނަމަ، އޭގެ ބަދަލު ހޯދޭނެ އެހެން ގޮތެއް ނެތްކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން