ވިޔަފާރި / ޚަބަރު
ރަށު ފަތުރުވެރިކަން ފުޅާކުރަން މޯލްޑިވިއަނުން ބައެއް ފެއަރތައް ހެޔޮކޮށްފި!

މޯލްޑިވިއަން
އުމީ އެއަރލައިން، މޯލްޑިވިއަނުން ރަށު ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ޚާއްސަ ފެއަރތަކެއް ތަޢާރަފްކޮށްފިއެވެ. މިކަމުގެ ސަބަބުން މިހާރު ރާއްޖޭގެ ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިންގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ޤައުމީ އެއަރލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަށު ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ފަތުރުވެރިންގެ އަތުން ނަގާ އަގުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ޓުއަރ އޮޕަރޭޓަރެއް ނުވަތަ ޓްރެވަލް އެޖެންސީގެ އެހީއާ ނުލައި، ރަށު ފަތުރުވެރިކަން ތަޖުރިބާކޮށްލުމަށް ޒިޔާރަތްކުރާ ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް (FITs) ގެ އަތުން އެވްރެޖްކޮށް ނަގާ އަގު މިހާރު ވަނީ 15 އިންސައްތަ ކުޑަކޮށްފައެވެ.
Tourist FIT (Free Independent Traveller) fares now up to 15% off across our domestic network. Book at https://t.co/Du1hUBau1H ✈️🏝️
— MaldivianAero (@MaldivianAero) September 1, 2025
Fares will be available for purchase starting 1st September, for travel commencing 1st November 2025.#MaldivianAero pic.twitter.com/H2UOfLcsHB
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރައްވައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ފަތުރުވެރިކަން ތަޖުރިބާކޮށްލަން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ވެސް އެ ކުންފުނިން ޤަބޫލުކުރައްވައެވެ.
ރާއްޖޭގައި އެންމެ ގިނަ ޑޮމެސްޓިކް ދަތުރުތައް ކުރަމުން އަންނަ އެއަރލައިނަކީ މޯލްޑިވިއަނެވެ. މިގޮތުން، ރާއްޖޭގެ 17 ސަރަހައްދަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރެއެވެ.
ރަށު ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. ރަށު ފަތުރުވެރިކަން ފުޅާކޮށް، އެއިން ލިބޭ އާމްދަނީގެ ބައެއް ކައުންސިލްތަކަށް ދީގެން، ރަށުގެ ތަރައްޤީއަށް ކަންކަންކުރުމުގެ މަގު ކައުންސިލްތަކަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، ރަށު ފަތުރުވެރިކަމުން ނަގާ ޓެކްސްގެ %10 ކައުންސިލްތަކަށް ދިނުމާގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.