ކުޅިވަރު

ވޮލީގެ ކުލަގަދަ ތާރީޙެއް އޮތް ވެލިދޫގައި އެ ކުޅިވަރުގެ ފޯރި އަލުން ގެނައުމަށް ޚާއްޞަ ޖަމްޢިއްޔާއެއް އުފައްދައިފި

ވޮލީގެ ކުލަގަދަ ތާރީޙެއް އޮތް ވެލިދޫގައި އެ ކުޅިވަރުގެ ފޯރި އަލުން ގެނައުމަށް ޚާއްޞަ ޖަމްޢިއްޔާއެއް އުފައްދައިފި

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީ އިފްތިތާޙި ކުރުމަށް ބޭއްވި ބައްދަލުވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ސެޕްޓެމްބަރު 2025، 05:15

05 ސެޕްޓެމްބަރު 2025، 05:15

ވޮލީބޯޅައިގެ ކުލަގަދަ ތާރީޙެއް އޮތް ނ. ވެލިދޫގައި އެ ކުޅިވަރުގެ ފޯރި އަލުން ގެނައުމަށް ޚާއްޞަ ޖަމްޢިއްޔާއެއް އުފައްދައިފިއެވެ.

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީގެ ނަމުގައި އުފެއްދި މި ޖަމްޢިއްޔާގެ ހިންގާ ކޮމެޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގޮތުން، މިދިޔަ ހޯމަ ދުވަހުގެ ރޭ ވެލިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބޭއްވި ޖަލްސާއަށްފަހު، އެ ޖަމްޢިއްޔާގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީގެ މަޤާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތައް:

  • ޗެއާރޕާރސަން: އަބްދުالله އަބްދުލް އަޒީޒް
  • ވައިސް ޗެއާރޕާރސަން - ފިރިހެން: އާދަމް ނަސީރު
  • ވައިސް ޗެއާރޕާރސަން - އަންހެން: ޝާމަތު މުޙައްމަދު
  • ހަޒާންދާރު: އަޙުމަދު ޙުސެއިން
  • ޖެނެރަލް ސެކްރެޓަރީ: މުޙައްމަދު އާތިކު
  • ސްޕޯޓްސް ސެކްރެޓަރީން: އަބްދުالله އިމްރާން އަދި ނިޝްރީން އަބްދުލް ލަތީފް
  • ހިންގާ ކޮމެޓީގެ ދެ މެންބަރުން: ޢަލީ އިބްރާޙިމް އަދި މުޙައްމަދު އިބްރާޙިމް

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީގެ މަސައްކަތްތައް ރަސްމީކޮށް ފެށިއިރު، އެ ޖަމްޢިއްޔާއާ މިހާރު ވަނީ 40އަށް ވުރެ ގިނަ މެންބަރުން ގުޅިފައެވެ.

"ފަރުދުން"އަށް ދިން އިންޓަވިއުއެއްގައި އެ ޖަމްޢިއްޔާގެ ޗެއާރޕާރސަން ޢަބްދުالله ޢަބްދުލް އަޒީޒް ބުނީ، ވެލިދޫ ވޮލީބޯލް ކޮމިއުނިޓީއިން ކުރިޔަށް އޮތް ދުވަސްތަކުގައި މި ކުޅިވަރުގެ ތެރެއަށް ދެ ޖިންސުގެ ޒުވާނުން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ވާދަވެރި ގިނަ މުބާރާތްތަކުގެ ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރާނެކަމަށެވެ.

މީގެއިތުރުން، ކުރިން މި ކުޅިވަރަށް ކުދިން ޝައުގުވެރިވި އެއްކަމަކީ ސްކޫލްގައި އިންޓަރ ހައުސް ވޮލީބޯޅަ މުބާރާތެއް ކުރިޔަށް ގެންދިއުން ކަމަށާއި، ނަމަވެސް 2004ވަނަ އަހަރަށްފަހު އެ މުބާރާތް ހުއްޓިފައި އޮތުމަކީ، މި ކުޅިވަރުން ކުޅުންތެރިން އުފެދުމަށް ދިމާވެފައި އޮތް ގޮންޖެހުމެއްކަމަށް ޗެއާރޕާރސަން ފާހަގަކުރިއެވެ. އެހެންކަމުން، ސްކޫލް ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކޯޗިން ކޭމްޕަކާއެކު، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަންނަ އަހަރު އެ މުބާރާތް އަލުން ފެށުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ.

ވޮލީގެ ކުލަގަދަ ތާރީޙެއް އޮތް ވެލިދޫގައި އެ ކުޅިވަރުގެ ފޯރި އަލުން ގެނައުމަށް ޚާއްޞަ ޖަމްޢިއްޔާއެއް އުފައްދައިފި

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީގެ ޗެއާރޕާރސަންގެ މަޤާމަށް އިންތިހާބުވި އަބްދުالله އަބްދުލް އަޒީޒް މެންބަރުންނާ ވާހަކަ ދައްކަނީ---

އަދި، އެ އިރެއްގައި ރާއްޖޭގެ އެންމެ އުހުގައި ވޮލީ ކުޅޭ ކުޅުންތެރިން ކޮންމެ އަހަރަކު ވެލިދޫއަށް ގެނުވި އަލްޚާ ކަޕް މެދުކެނޑިފައިވާތާ ގިނަ ދުވަސްތަކެއް މިހާރު ހޭދަވެފައިވާއިރު، އެ ފެންވަރުގެ މުބާރާތްތައް އަލުން ފެށުމުގެ މަސައްކަތްކުރާނެކަމަށް ވެސް ޗެއާރޕާރސަން ފާހަގަކުރިއެވެ. 1999ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ދިޔަ އެ މުބާރާތުގައި ބައިނަލްއަޤްވާމީ ކުޅުންތެރިން ވެސް ވަނީ ކުޅެފައެވެ. 

އެހެންކަމުން، ކުރިޔަށްއޮތް ދުވަސްތަކުގައި ވޮލީބޯޅައިގެ ބޮޑެތި މުބާރާތްތަކާއެކު، އެ ރަށުން މޮޅެތި ކުޅުންތެރިން ނެރުމަކީ ވެލިދޫ ވޮލީބޯލް ކޮމިއުނިޓީގެ އެންމެ މުހިންމު އެއް އަމާޒެވެ. 

ވެލިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އައުޓްޑޯރ ކޯޓެއް ވެސް އޮވެއެވެ. އެއީ އަތޮޅު ތެރެއިން އެންމެ ފުރަތަމަ އެ ފެންވަރަށް ތަރައްޤީކުރި ކޯޓެވެ. އެ ރަށު ބޮޑު ނިކަގަސް ދޮށުގައި އޮންނަ އެ ކޯޓު ތަރައްޤީ ކުރީ އެމް.އެޗް. ފައުންޑޭޝަނުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން