ވިޔަފާރި /

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އޭއައި ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެއްޖެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އޭއައި ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެއްޖެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އޭއައި ފޯރަމް ފޮޓޯ:އެމްއީޓީޑީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޮކްޓޯބަރު 2024، 10:18

29 އޮކްޓޯބަރު 2024، 10:18

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރަމްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އެމްއީޑީޓީ) ބައިވެރިވެއްޖެއެވެ. މި ފޯރަމަކީ އޮކްސިިކާ އިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި ބޭއްވުނު ފޯރަމެކެވެ.

މި ފޯރަމްގައި އެމްއީޑީޓީން ބައިވެރިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމުގައިވާ ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ފޯރަމްގެ ޗީފް ގެސްޓްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އޭއައިގެ ދައުރާ ބެ ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، އޮކްސިކާ އަދި ސައިނެޓެކްސްގެ އެމްޑީ އަދި ކޯ-ފައުންޑަރ އިސްމާޢީލް ކަލީމް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ޢަލީ ރިޔާޒް ވެސް ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމުގައި އޭއައިގެ ދައުރާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.

މި ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި ސްޕީކަރުންނާއި ބައިވެރިން ހިމެނޭގޮތަށް އެކި ޕެނަލް ޑިސްކަޝަންތައް ބޭއްވުނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލު ބިނާކުރުމުގައި އޭއައިގެ ދައުރު، ދިވެހިރާއްޖޭގެ ޑިޖިޓަލް ސަލާމަތްތެރިކަން ހަރުދަނާކުރުން އަދި ހުރިހާ ދިވެހި ރައްޔިތުންނަށް ޑިޖިޓަލް ވަސީލަތްތަކަށް ވާސސިލުވުމުގެ ފުރުސަތު ހޯދައިދިނުމާ ގުޅޭ ޕެނަލްތައް ހިމެނެއެވެ.

މި ފޯރަމަކީ ދިވެހިރާއްޖޭގައި އޭއައިގެ މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން