Ads by Stelco

ޚަބަރު

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ސްކީމް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ސްކީމް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ސެޕްޓެމްބަރު 2025، 07:30

14 ސެޕްޓެމްބަރު 2025، 07:30

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ސްކީމް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ލޯން ސްކީމްގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. މީގެ ތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ، ވީޑިއޯ، އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް، ސޭލްސް އާއި މާކެޓިންއަށް ޚާއްޞަ ކޮންޓެންޓްގެ ދާއިރާ ހިމެނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، މި ހުރިހާ ފަރާތްތަކަށް ފުރުޞަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލުމަށް ދަންނަވާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން