ކޮލަމް

ކަޅު ކޮފީ ބޯންވީ ހަކުރުނާޅާ، ފައިދާވާނީ އޭރުން!

ކަޅު ކޮފީ ބޯންވީ ހަކުރުނާޅާ، ފައިދާވާނީ އޭރުން!

ހުދު ޖޯޑަކަށް ކަޅު ކޮފީ އަޅަނީ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 06:42

15 ސެޕްޓެމްބަރު 2025، 06:42

ކޮފީއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ބުއިމެވެ. މިއީ ކޮފީ ގަހުގެ އޮށް ރޯސްޓުކޮށްގެން އުފައްދާ އެއްޗެކެވެ. އަދި މިއީ ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވޭ އެއްޗެކެވެ. ކޮންމެ ޤައުމެއްގައިވެސް ކޮފީ ތައްޔާރުކޮށް ބޭނުންކުރާ، އެ ޤައުމަކަށް ޚާއްޞަ ވަކި ގޮތްތަކެއް ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މި ބުއިން ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ބޭނުން ކުރެވިދާނެއެވެ. ބައެއް މީހުންނަށް ހަކުރު އަޅައިގެން ކޮފީ ބޯން ކަމުދާއިރު، އަނެއްބަޔަކު ބޭނުން ވަނީ ހަކުރު ނާޅައި ކޮފީ ބުއިމަށެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ހަކުރު ނާޅައި ކޮފީ ބުއިމުން ލިބޭ ފައިދާތަކަށެވެ. 

ހަކުރު ނާޅައި ކޮފީ ބުއިމުން ލިބޭ ފައިދާތައް ގިނައެވެ. އެގޮތުން މި ބުއިމުން ހަށިގަނޑުގެ ހަކަތައިގެ މިންވަރު އިތުރުވެއެވެ. މިއީ ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުން ވާކަމެކެވެ. އަދި މިއީ ވަރުބަލިކަމާއި މަޑުމޮޅިކަން ކުޑަކުރާ ސްޓިމިއުލަންޓެކެވެ. 

މީގެއިތުރުން، މި ބުއިމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މިއީ މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދޭތީ ލިބޭ ފައިދާއެކެވެ. 

ހަމައެއާއެކު، ހަކުރު ނާޅާ ކަޅު ކޮފީ ބުއިމުން ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށް، އަލްޒައިމާސް އަދި ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ. ނަމަވެސް މިކަން ޔަޤީންކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ. 

އަދި މި ބުއިމުން ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދީ ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. މިއީ ކެފެއިންގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ސަރުބީގެ  މިންވަރަށް އަންނަ ބަދަލާއި، ހަޖަމުކުރާ ނިޒާމު ރަނގަޅުވާތީއެވެ.

 ހަމަމިއާއިއެކު، މި ކަމުން ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތު ރަނގަޅު ކޮށްދެއެވެ. ނަމަވެސް ވިސްނާލަން ޖެހޭ ހަމައެކަނި ކަމަކަށް އޮތީ، ބައެއް މީހުންގެ ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ފުރުސަތު އޮތުމެވެ. އަދި ވިޓަމިން B2، B3، B5 އަދި މެންގަނީޒް، މެގްނީޒިއަމް، ޕޮޓޭޒިއަމް ފަދަ މާއްދާތައް ހަށިގަނޑަށް ލިއްބައި ދިނުމަކީ ވެސް މި ބުއިމުގެ ޚާއްޞަ ކަމެކެވެ. މީގެ އިތުރުން ހަކުރު ނާޅާ ކޮފީ ބުއިމުން ބޮލުގައި ރިހުން މަދުކޮށްދޭ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. 

ކޮފީ ބުއިމުގެ ފައިދާތަކެެއް ހުއްޓަސް ގެއްލުންތަކެއް ވެސް ވެއެވެ. އެގޮތުން ގިނައިން ކޮފީ ބުއިމުގެ ސަބަބުން ލޭގައި ކެފެއިންގެ މިންވަރު އިތުރުވެ، އަންނަނިވި އަލާމާތްތައް ފެނިދާނެއެވެ. އެގޮތުން ބޮލުގައި ރިހުން، ނިދި ނުލިބުން (ޚާއްޞަކޮށް ހަވީރު ވަގުތުތަކުގައި ބޯނަމަ)، ޕެނިކް އެޓޭކް އައުން، ހިތުގެ ވިންދު އަވަސްވުން، ބަނޑުގައި ރިހުމާއި އެހެނިހެން އުނދަގޫތައް، ބްލަޑް ޕްރެޝަރ މައްޗަށް ދިއުން، ކާނާއިން ލިބޭ އަޔަން ހަށިގަނޑަށް ނުލިބުން، ކަށީގެ ބާރު ދަށްވުން ހިމެނެއެވެ.

ކޮފީ ބުއިމުގައި ސަމާލުވާންވީ ކަންކަންވެސް އެބަހުއްޓެވެ. އެއީ ރަނގަޅަށް ރޯސްޓް ކުރެވިފައިވާ ކޮފީ ބުއިމެވެ.  އެއީ ރަނގަޅަށް ރޯސްޓް ނުކޮށް ހުންނަ ކޮފީން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީއެވެ. އަދި ކޮފީ ގްރައުންޑްސްއިން ކޮފީ ގިރައިގެން ބުއިމަކީ ކިޑްނީއަށް ނުރައްކާވާނެ ކަމެކަށް ވުމުން، މިއީ ވެސް ސަމާލުވާން ޖެހޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން