ޚަބަރު
ސިވިލް ސާވެންޓުނަށް މޫނު ބުރުޤާ އެޅޭނެ ކަމަށް ބުނާ ޤަވާއިދު ގެޒެޓް ކުރުމުން ޝައިޚް ސަމީރުގެ ޝުކުރު ރައީސްއަށް

އައްޝައިޙް އަޙްމަދު ސަމީރު. ފޮޓޯ: ސަން
ސިވިލް ސާވެންޓުންނަށް މޫނު ބުރުޤާ އެޅޭނެ ކަމަށް ބުނާ ޤަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަޙުމަދު ސަމީރު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ޝައިޚް ސަމީރު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޫނު ބުރުޤާ ތުރުކުރައްވައިގެން ސިވިލް ސާރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް އެ ތުރާލަށް ނިމުން ގެނެސް ދެއްވުމީ ވަރަށް ހެޔޮކޮށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
“އެކަމަށްޓަކާ ރައީސުލް ޖުމުހޫރިއްޔާ އަށާއި، ސިވިލް ސާރވިސް ކޮމިޝަނާއި މިކަމަށް ބާރުއަޅުއްވައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން އެފަރާތްތަކަށް މަަތް الله ހެޔޮޖަޒާ މިންވަރު ކުރައްވާށި” ޝައިޙް އަޙުމަދު ސަމީރު
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ޢާންމުކުރި ސިވިލް ސާވިސްގެ ޤަވާއިދުގެ 13 ވަނަ އިސްލާޙުގައި ބުނާ ގޮތުން، ކުރިން އެ ޤަވާއިދުގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހުން"ގެ ބައި ވަނީ އުވާލާފައެވެ.
މީގެ ކުރިން އެ ޤަވާއިދުގެ 145 ވަނަ މާއްދާގައިވަނީ ސިވިލް ސަރވިސްގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށްވެފައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތ،ީ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައިކަމަށެވެ.
ނަމަވެސް އިއްޔެ ނެރުނު ޤަވާއިދުގައި އެ މާއްދާ އިސްލާޙުކޮށްވަނީ، ސިވިލް ސާވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަޤާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް އިސްލާޙުކޮށްފައެވެ.