ޚަބަރު
ރައީސް މުއިއްޒު ބުރުނީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާއި އެހެނިހެން މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް ތ ބުރުނީ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުން
ހުލާސާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ބުރުންޏަށް ވަޑައިގެން އެރަށު ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއިއ އެރަށުގައި ހުންނަ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރަށުގެ އިސް ފަރާތްތަކާއެކު ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި، ރައްޔިތުންގެ އެންމެ އިސް އަމާޒުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ސަރުކާރުން ރަށުގެ ތަރައްޤީއަށް ދެއްވާނެ އެއްބާރުލުން ރައީސް މުއިއްޒު އަލުން ކަށަވަރުކޮށްދެއްވިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ބުރުނީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެންމެ ފުރަތަމަ ފައިސާ ނެންގެވުމުގެ މުޢާމަލާތްވެސް ކުރެއްވިއެވެ. މި ޚިދުމަތް ފެށުމާއެކު ރަށު ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްވެގެން ދާނެއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ބުރުނީގައި އަލަށް ޤާއިމްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި މަރުކަޒު ނިމުމުން ރަށުގެ ޒުވާނުންނާއި އެހެނިހެން ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ދަތުރުފުޅެއްކަމަށް ރަށު ރައްޔިތުން ފާހަގަކުރެއެވެ.
ކޮޅުމަޑުލަކީ މިހާރު ފައްޓަވައިގެން އުޅުއްވާ ދަތުރުފުޅުގެ ފަހު އަތޮޅެވެ. ބުރުންޏަކީ އެމަނިކުފާނުގެ ކޮޅުމަޑުލު ދަތުރުގެ ފުރަތަމަ މަންޒިލެވެ.