Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު މަޑިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު މަޑިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު މަޑިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2025، 07:41

23 ސެޕްޓެމްބަރު 2025، 07:41

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކޮޅުމަޑުލު މަޑިފުށީ ސްކޫލްގައި، އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް މިއަދު އައު ސްކޫލް އިމާރާތުގެ ބިންގާ އެޅިގެންދިޔުމަކީ މުޅި ރަށުގެ ރައްޔިތުންނަށް ލިބުނު އުފަލެއްކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން، ހެލްތު ސެންޓަރުގައި މުވައްޒަފުން މަދުކަމާއި، ފުލުހުންގެ ވެހިކަލެއް ނެތުމުން ދިމާވާ ދަތިތަކާއި، ހުއްޓިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައިވެއެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރު މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމުގެ އުފާވެރި ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން