Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ހިރިލަންދޫ ކައުންސިލާ އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ހިރިލަންދޫ ކައުންސިލާ އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ހިރިލަންދޫ ކައުންސިލާ އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 03:58

24 ސެޕްޓެމްބަރު 2025، 03:58

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހިރިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ރައީސް މުޢިއްޒާއި ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން އިތުރު ކޮށްދެއްވުމާއި، ހިރިލަންދޫއަކީ މަސްވެރި ރަށަކަށް ވުމުން، ކޯލްޑް ސްޓޯރޭޖެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން