ވިޔަފާރި

އިނގިރޭސިވިލާތާއި ޔޫރަޕްގައި ބާބީ ބްރޭންޑްގެ ފޯނެއް ތަޢާރަފްކޮށްފި

އިނގިރޭސިވިލާތާއި ޔޫރަޕްގައި ބާބީ ބްރޭންޑްގެ ފޯނެއް ތަޢާރަފްކޮށްފި

ބާބީ ބްރޭންޑްގެ ފޯނުގެ ފޮޓޯއެއް

މަރިޔަމް ޔަޢުފާ

މަރިޔަމް ޔަޢުފާ

29 އޯގަސްޓު 2024، 09:37

29 އޯގަސްޓު 2024، 09:37

އިނގިރޭސިވިލާތާއި ޔޫރަޕްގައި ބާބީ ބްރޭންޑްގެ ފޯނެއް ތަޢާރަފްކޮށްފިއެވެ. އެ ފޯނު އުފެއްދި ފަރާތްތަކުން ބުނި ގޮތުގައި މިއީ ޒުވާނުންނަށް ސްމާޓްފޯނުން ބްރޭކެއް ނަގަން އެހީތެރިވުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. 

މި ފޯނަކީ ބާބީ ތީމަށް ފެއްތުމަށްޓަކައި ގަދަ ފިޔާތޮށި ކުލަ އަދި ވަރަށް އާދައިގެ ގޮތަކަށް ފަރުމާކޮށްފައިވާ ފޯނެކެވެ. ކުރިމަތީ ސްކްރީނުގައި ކެމެރާއެއް ނީންނާނެކަމަށާއި އެންމެ ގޭމެއް އެޅޭ މި ފޯނަކީ އިންޓަނެޓަށް ވަރަށް ލިމިޓެޑު ފޯނެއްކަމަށް ފޯނު ތަޢާރަފް ކުރި ފަރާތުން ބުނެއެވެ.

ނޮކިއާގެ ފޯނު އުފައްދާ އުފެއްދުންތެރިޔާ އެޗްއެމްޑީން ބުނާ ގޮތުގައި މި ފޯނަކީ ދިރިއުޅުމަށް ކުޑަ "ޑިޖިޓަލް އަސަރެއް" ކުރަން ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ފޯނެކެވެ. އެހެން ނަމަވެސް އަނެއް ބަޔަކު ބުނަނީ އެކަން ރަނގަޅަށް ހާޞިލް ކުރެވޭނީ ދުޅަހެޔޮ އަދި ކޮންޓްރޯލް ކުރެވޭ ގޮތަށް ޑިވައިސްތައް ބޭނުން ކުރަން މީހުންނަށް ދަސްކޮށްދިނުމުން ކަމަށެވެ.

ކުދިން ސްމާޓްފޯނުތަކުގައި ހޭދަކުރާ ވަގުތު ހަނިކުރުމަށް، ނުވަތަ އެ ޑިވައިސްތައް މުޅިން މަނާކުރުމަށް ވެސް ބެލެނިވެރިންނާއި ކެމްޕޭން ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. އެމީހުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ގެއްލުން ހުރި ނުވަތަ ޤާނޫނާ ޚިލާފު ކޮންޓެންޓަކަށް ހުށަހެޅިދާނެ ކަމުގެ ބިރު ހީވުމާއި އޭގެ ނާޖާއިސް ފައިދާ ކުދިން ނަގާލެއް އިތުރުވަމުންދާ ކަމަށް ބުނެއެވެ.

މި ހަފްތާގައި މޯބައިލް ނެޓްވޯކް އީއީއިން ކުރި ބަހުސެއްގައި 11 އަހަރުން ދަށުގެ ކުދިން ސްމާޓްފޯނު އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް ބެލެނިވެރިންނަށް ނަޞޭހަތްތެރިވެފައިވެއެވެ. އެޗްއެމްޑީގެ ސީނިއާ އެގްޒެކެޓިވް ލާސް ސިލްބަރބައުއާ ވިދާޅުވާ ގޮތުގައި އޭނާގެ ފަރާތުން ރައްދު ދެމުންދަނީ މި ކަންބޮޑުވުންތަކަށެވެ. އޭނާ ހޯދި ހޯދުންތަކުން ގިނަ ބަޔަކު ހަގީގަތުގައި ބޭނުންވަނީ ޑިޖިޓަލް ތަޖުރިބާތަކުން ނުވަތަ ސްމާޓް ފޯނުން ބްރޭކެއް ނަގާށެވެ. 

އެހެންނަމަވެސް މި ފޯނަކީ އާންމުންގެ ތެރޭގައި މާ މަޤްބޫލު ފޯނަކަށް ނުވިއެވެ. ސަބަބަކީ މިއީ ޒަމާނާ އެއްވެސް ގޮތަކަށް ފެތޭ ޑިވައިސެއް ނޫން ކަމަށާއި މުޢާމަލާތް ކުރުމުގައި މިހާރު އާދައިގެ ޓެކްސްޓް މެސެޖަކުން ނުފުދޭނެކަމަށެވެ. މިފަދަ ކަންބޮޑުވުން ތަކަށް ޙައްލެއް ހޯދައިދިނުމަށް އެޗްއެމްޑީގެ ސީނިއާ އެގްޒެކެޓިވް ލާސް ސިލްބަރބައުއާ ވަނީ މުޢާމަލާތް ކުރުމަށް ވަޓްސް އެޕް ކަހަލަ އެޕް އެއް އެޅިދާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއީ ޒަމާނީ ޙައްލެއް ނޫން ކަމަށް މީހުން ބުނެއެވެ.

އިނގިރޭސިވިލާތާއި ޔޫރަޕްގައި ބާބީ ބްރޭންޑްގެ ފޯނެއް ތަޢާރަފްކޮށްފި

އިނގިރޭސިވިލާތުގައި މި ފޯނު ލޯންޗުކުރިއިރު އަގަކީ 99 ޕައުންޑެވެ. މިއީ އެންމެ އާދައިގެ ނޮކިއާ ފޯނަކަށް ދައްކާ އަގަށް ވުރެ ދެގުނައެވެ.

ފޯނު މާހިރެއް ކަމަށްވާ ބެން ވުޑް ބުނިގޮތުގައި މިއީ ގެންގުޅެލަން ކަމުދާ ރީތި ކުލައެއްގެ ފޯނަކަށް ވީނަމަވެސް ހަގީގަތުގައި މިހާރު އެންމެންވެސް ބަރޯސާވަނީ ސްމާޓް ފޯނަކަށެވެ. އެހެންނަމަވެސް، އޭނާ ބުނާ ގޮތުގައި، ބައެއް ފަހަރު "ޑަމްބްފޯން" ކިޔާ މާކެޓެއް އެބައޮތް ކަމަށާއި އޭނާ ލަފާކުރާ ގޮތުގައި މިއަހަރު އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 400،000 ފޯނު ވިކޭނެއެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސްމާޓްފޯނު ބޭނުންކުރުން ހުއްޓުވުމަކީ ހަގީގީ ޙައްލެއް ނޫނެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގައި ހަރުލާފައިވާ އެއްޗެއްކަމުން ކުދިންނަށް އެ ސްމާޓްފޯންތައް ދުޅަހެޔޮ އަދި ރައްކާތެރި ގޮތެއްގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަކީ ކުރެވިދާނެ ކަމެއްކަމެވެ.

މިފަދަ މައްސަލަތައް އިތުރުންވަމުން ދާތީ އެޗްއެމްޑީން ދަނީ  ބެލެނިވެރިންނާ ގުޅިގެން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފޯނެއް ޑިޒައިން ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެކަމުގައި މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން