ކުޅިވަރު
ކްލެސިކް މުބާރާތުގެ ސެމީއަށް އެޗް.ޕީ.އެސް.އެން.، މާލެ ސިޓީ ކައުންސިލް، ބިނާރާ އަދި ކްރިމިނަލް ކޯޓު

ކްލަބް މޯލްޑިވްސް 2025 ކްލެސިކް މުބާރާތުގެ ތެރެއިން. / ތަޞްވީރު: ކްލަބް މޯލްޑިވްސް

ފަރުދުން
28 ސެޕްޓެމްބަރު 2025، 02:56
28 ސެޕްޓެމްބަރު 2025، 02:56
މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް 2025ގެ ކްލެސިކް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ: އެޗް.ޕީ.އެސް.އެން.، މާލެ ސިޓީ ކައުންސިލް، ކުލަބު ބިނާރާ އަދި ކްރިމިނަލް ކޯޓެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ސެމީގެ ޖާގައެއް ޓީމު އެޗް.ޕީ.އެސް.އެން.އިން ހޯދީ ރޭ ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ކުލަބު ޑީ.ޖޭ.އޭ. ބަލިކޮށްގެންނެވެ. އަދި މާލެ ސިޓީ ކައުންސިލުން ވަނީ ޓީމު ބަދަހިއާ ދެކޮޅަށް ކުޅެ، 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި މުބާރާތުގެ ސެމީގެ ޖާގައެއް ކުލަބު ބިނާރާއިން ހޯދީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ފިޝަރީޒް ރެކްރިއޭޝަން ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ރޭ ކުޅުނު މެޗުގައި ޓީމު ބީ.ސީ.ސީ. އަތުން ހުޝިޔާރުކަމާ އެކު 7-1 ގެ ނަތީޖާއަކުން މޮޅު ހޯދާފައެވެ.
މިއާ އެކު، މި މުބާރާތުގެ ސެމީ ފައިނަލަށް މި ޓީމުތައް ދަތުރުކުރި އިރު، ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.