ޚަބަރު
ކަނޑުގެ ހަކަތައިން ކަރަންޓު އުފެއްދުމާ މެދު އިނގިރޭސިވިލާތާ އެކު މަޝްވަރާކޮށްފި

ކަނޑުގެ ހަކަތައިން ކަރަންޓު އުފެއްފުމާ ގުޅޭ ގޮތުން އަދު ބޭއްވި ބައްދަލުވުން. / ތަޞްވީރު: ފަތުރުވެރިކަމާއި ތިމާވެށްޓާ ވެހޭ ވުޒާރާ

ފަރުދުން
30 ސެޕްޓެމްބަރު 2025، 04:49
30 ސެޕްޓެމްބަރު 2025، 04:49
އިނގިރޭސިވިލާތުގެ އެބަރޑީ އިންޓަރނޭޝަނަލް ލިމިޓެޑް އަދި ކިޔު.އީ.ޑީ. ނޭވަލްގެ ޗެއަރމަން، މރ. ގޯރޑަން މެކިންޓޯޝް، ފަތުރުވެރިކަމާއި ތިމާވެށްޓާ ވެހޭ ވުޒާރާގެ އިސްވެރީންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ، ވުޒާރާގެ އިދާރީ ޢިމާރާތުގައެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގައި ކަނޑުގެ ރާޅުތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ތަފާތު ގިނަ ކަންތައްތަކަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މރ. މެކިންޓޯޝްއަކީ ކަނޑުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާގެ މި ދަތުރަކީ، ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ސަބަބެއް ކަމަށް ބެލެވެއެވެ.
މި ބާވަތުގެ ބައްދަލުވުންތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.
އިނގިރޭސިވިލާތުގެ އެބަރޑީ އިންޓަރނޭޝަނަލް
— Ministry of Tourism and Environment (@MoTmv) September 30, 2025
ލިމިޓެޑް އަދި ކިޔު.އީ.ޑީ ނޭވަލްގެ ޗެއަރމަން، މރ.ގޯރޑަން މެކިންޓޯޝް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސް ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ކަނޑުގެ… pic.twitter.com/SBdcp5uWi9