Ads by Stelco

ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް މަޖިލީހުގެ މި ދައުރުގައި 6 ބިލެއް ހުށަހަޅަނީ

ކޮރަޕްޝަން ހުއްޓުވުމަށް މަޖިލީހުގެ މި ދައުރުގައި 6 ބިލެއް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޮކްޓޯބަރު 2025، 06:45

08 އޮކްޓޯބަރު 2025، 06:45

ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ވަބާ އިތުރުވެފައިވާތީ، އެކަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 6 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ޖުމްލަ 27 ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އޭގެ ތެރޭގައި އައު ޤާނޫނުތަކެއްގެ ގޮތުގައި ތަޢާރަފު ކުރެވިގެންދާނެ 12 ޤާނޫނެއްވެސް ހިމެނޭކަމުގައެވެ. 

އަދި ކޮރަޕްޝަން ނައްތާލުމުގެ ގޮތުން ހުށަހަޅާ ބިލުތަކަކީ، އެކަން ނައްތާލުމަށް ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ގެނެވޭ އިސްލާޙުތަކެއް ކަމަށާއި، ނަމަވެސް މިކަން ހާސިލްވެގެން ދާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮރަޕްޝަން ހުއްޓުވުމަށް ހުށަހަޅާ ޤާނޫނީ އިސްލާޙުތަކުގެ ތެރޭގައި މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެންނަ އިޞްލާޙުތަކާއި، މިދިޔަ ސެޕްޓެމްބަރު މަހު އިޢުލާންކުރެއްވި އެސެޓް ރިކަވަރީ ބިލުގެ ވާހަކަ ރައީސް ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށާއި، ޤާނޫނުލް ޢުޤޫބާތަށްވެސް އިޞްލާޙުތަކެއް ހުށަހަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މި އިސްލާޙުތައް ފާސްވުމާއެކު ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން