Ads by Stelco

ޚަބަރު

ނޭޕާލްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ހަމްދަރުދީ ޙިއްސާކުރައްވައިފި

ނޭޕާލްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ހަމްދަރުދީ ޙިއްސާކުރައްވައިފި

ނޭޕާލްގައި ހިނގި ހާދިސާއާ ގުޅިގެން ނޭޕާލްގެ ސިފައިން ހަރަކާތްތެރި ވަނީ / ފޮޓޯ: އޭއެފްޕީ

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 09:57

08 އޮކްޓޯބަރު 2025، 09:57

ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަހާލައިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަމްދަރުދީ ޙިއްސާކުރައްވައިފިއެވެ.

"އެކްސް"ގައި މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައި ވާތީ އެކަމާ ހިތާމަކުރައްވާކަމުގައެވެ. 

އަދި މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުން، މި ހިތްދަތި ވަގުތުގައި ނޭޕާލްގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ތިބިކަން ފާޅުކުރައްވާފައިވެއެވެ. 

އަދި މި ހާދިސާގައި ގެއްލުން ލިބުނު އެންމެހައި ފަރާތްތަކަށް ހެޔޮ ދުޢާ ދަންނަވާކަމަށް ވެސް ވިދާޅުވިއެވެ.



ނޭޕާލްއަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާއަކީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. މި ތޫފާންގެ އަސަރު، ނޭޕާލްގެ އިތުރުން އިންޑިއާގެ ހިމާލަޔާ ސަރަޙައްދަށްވެސް ކޮށްފައިވެއެވެ. 

މި ހާދިސާއާ ގުޅިގެން، ތޫފާންގެ އަސަރު އެންމެ ބޮޑަށްކުރި، އިންޑިއާގެ ބޯޑަރު ކައިރީގައި އޮންނަ އިލާމްއިން 41 އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން