Ads by Stelco

ޚަބަރު

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ހުންނާނެ: ރައީސް

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ހުންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2025، 12:33

13 އޮކްޓޯބަރު 2025، 12:33

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާ ދާއިރާއަކީ ޞިއްޙީ ދާއިރާ ކަމަށެވެ. އެގޮތުން،  މި އަހަރާއި މި އަންނަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބްތައް ޤާއިމްކޮށް، އެތަންތަނަށް ބޭނުންވާ ވަޞީލަތްތަކާއި މުވައްޒަފުން ހޯއްދަވައި ނިންމަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލެބޯޓަރީތަށް ޤާއިމްކުމުގެ މަޝްރޫޢުގެ ދަށުން، ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ވަރަށް އަވަހަށް ގާއިމްކޮށް ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން ނޫމަރާ ސްކޫލުގައި މަލްޓީ ޕަރޕަސްހޯލަކާއި، ފުޓޫބޯޅަ ދަނޑެއްގެ އިތުރުން ވޮލީކޯޓެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޤާއިމްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ނޫމަރާގައި މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ރަށުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއްކަމަށާއި އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށެވެ. އަދި މިހާރު ހުއްޓިފައި ހުރި މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށާއި އޭގެ ތެރެެއިން ބަނދަރު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ދޯނި އެހެލާނެ ސަރަޙައްދަކާއި މޫދައް އެރޭނެ ސަރަޙައްދަކާއެކުކަމަށެވެ.

ނޫމަރާ އަށް ބޭނުންވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ އިންޖީނުގެ ރިލޮކޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެނަކައިން ފަށާނެ ކަމަށެވެ. އަދި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން އެކަން ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ފެނަކައިން ދެއްވާފައިވާކަމަަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެކަން ފުރިހަމައަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން ކުރެވެންހުރި ކަންކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް މިއަދު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި، ނޫމަރާގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ އިތުރުން ނޫމަރާ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން