Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެންބަރުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެންބަރުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޮކްޓޯބަރު 2025، 06:27

13 އޮކްޓޯބަރު 2025، 06:27

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކޮށްފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ، ޢައްޔަނުކުރައްވާފައި ވަނީ ބ. ތުޅާދޫ/ގުލްބަހާރުގެ، އަލްއުސްތާޛު އިބްރާހީމް ޢަފީފު އަދި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމެވެ.
 
ރައީސް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި 2 މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން