ދުނިޔެ

މެކްސިކޯގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 64 އަކަށް އަރައިފި

މެކްސިކޯގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 64 އަކަށް އަރައިފި

މެކްސިކޯގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވި ސަރަހައްދެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 10:48

14 އޮކްޓޯބަރު 2025، 10:48

މެކްސިކޯގެ 5 ސްޓޭޓެއްގައި ވޭތުވެދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 64 އަށް އަރައިފިއެވެ.

 

އަދި 65 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

ރައީސް ކްލޯޑިއާ ޝެއިންބަމްގެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، ނެޝަނަލް ސިވިލް ޕްރޮޓެކްޝަން ކޯޑިނޭޝަން (ސީއެންޕީސީ)ގެ ވެރިޔާ ލޯރާ ވެލާޒްކުއެޒް އަލްޒުއާ ވިދާޅުވި ގޮތުގައި، އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެރަކްރޫޒް ސްޓޭޓުންނެވެ. އެގޮތުން އެ ސްޓޭޓުން 29 މީހުން މަރުވެފައިވާއިރު، ހިޑަލްގޯ ސްޓޭޓުން 21 މީހުން، ޕުއެބްލާ ސްޓޭޓުން 13 މީހުން އަދި ކުއެރެޓާރޯ ސްޓޭޓުން އެއް މީހަކު މަރުވެފައިވެއެވެ.

މި ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރެއިން 43 މީހުން ގެއްލިފައިވަނީ ހިޑަލްގޯ ސްޓޭޓުންނެވެ. އަދި ވެރަކްރޫޒް ސްޓޭޓުން 18 މީހުންނާއި ޕުއެބްލާ ސްޓޭޓުން 4 މީހުން ގެއްލިފައިވެއެވެ. ރައީސް ޝެއިންބަމް ވިދާޅުވި ގޮތުގައި މި ކާރިސާގައި ގާތްގަނޑަކަށް 100،000 ގެއަށް ގެއްލުން ލިބިފައިވާއިރު، ކޯރުތަކާ ކައިރީގައި ހުރި ބައެއް ގެތައް "މުޅިން ފުހެވިގެން" ގޮސްފައިވެއެވެ.

މޫސުމީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ވިއްސާރައާއި ފެންބޮޑުވުން މެދުވެރިވެފައިވަނީ ހަރިކޭން ޕްރިސިލާ އަދި ޓްރޮޕިކަލް ރެއިންސްޓޯމް ރޭމަންޑްގެ އަސަރުތަކުގެ ސަބަބުންނެވެ. މީގެ ސަބަބުން ކޯރުތަކުގެ ފެންވަރު އަވަހަށް މައްޗަށް ގޮސް، ފެންބޮޑުވުމާއި ބިންތައް ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

މި ކާރިސާއާ ގުޅިގެން މެކްސިކޯގެ އަސްކަރިއްޔާ، ވައިގެ ބާރު އަދި ނެޝަނަލް ގާޑުން ވަނީ ކާރިސާއިން އަސަރު ކުރި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކާބޯތަކެއްޗާއި ސާފު ބޯފެން، ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ފޯރުކޮށްދެމުންދެއެވެ. އަދި ކަރަންޓު ކެނޑިފައިވާ 263،000 ގެއިން 80 ޕަސެންޓަށް ވަނީ މިހާރު ކަރަންޓުގެ ހިދުމަތް އަލުން ޤާއިމުކުރެވިފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން