Ads by Stelco

ޚަބަރު

ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމުން ރައީސްގެ ތަޢުރީފު ޞިއްޙީ ޚިދުމަތްތެރީންނަށް!

ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމުން ރައީސްގެ ތަޢުރީފު ޞިއްޙީ ޚިދުމަތްތެރީންނަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 03:32

14 އޮކްޓޯބަރު 2025، 03:32

މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ވާރުތަވާ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމާ ގުޅިގެން، ޞިއްޙީ ޚިދުމަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައި، ތަޢުރީފުގެ ބަސްފުޅު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިއީ ދިވެހިރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ.

ގައިން ގަޔަށް އަރާ ތަފާތު ބަލިތަކާ ދެކޮޅަށް ރާއްޖޭގެ ޞިއްޙީ ދާއިރާއިން އަންނަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ.)އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ކުރެވުނު މަސައްކަތްތަކުން، މީގެ ކުރީން ވެސް ރާއްޖެއިން ވަނީ އެޗް.އައި.ވީ. އާއި ސިފިލިސް ބަލި ނައްތާލާފައެވެ. އެހެން ނަމަވެސް، ޑަބްލިއު.އެޗް.އޯ.އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އެޗް.އައި.ވީ.، ސިފިލިސް، އަދި ހެޕަޓައިޓިސް-ބީ- މި ތިން ބަލި އެކީގައި އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ.އިން އިޢުލާންކުރީ އިއްޔެއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. އެ ގޮތުން، އެޗް.އައި.ވީ.، ސިފިލިސް އަދި ހެޕިޓައިޑިސް-ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ވީމާ، މި ބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި އެންމެހައި ޞިއްޙީ އެހީތެރީންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި އެކި މަސައްކަތްތައް ކޮށްގެން ރާއްޖެއިންވަނީ އެކި ބަލިތައް އެކަށް ނައްތާލާފައެވެ. އެ ގޮތުން، މެލޭރިއާއާއި، ހިމަބިއްސާއި، ލިންފަޓިކް ފައިލޭރިއާސިސް ފަދަ ނުރައްކައުތެރި ބަލިތައް ދިވެހިރާއްޖެއިން މުޅީން ވަނީ ނައްތާލެވިފައެވެ. މި ބަލިތަކާ ދެކޮޅަށް ކާމިޔާބުކަމާ އެކު ޤައުމީ ވެކްސިން ކެމްޕޭން ވެސް އަންނަނީ ހިންގަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން