ރިޕޯޓް

ޒިންމާދާރު އިދިކޮޅު ޕާރޓީއަކުން ބަޣާވާތް ނުކުރާނެ

ޒިންމާދާރު އިދިކޮޅު ޕާރޓީއަކުން ބަޣާވާތް ނުކުރާނެ

އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ ސޯޝަލްމީޑިޔާ

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 08:49

28 އޯގަސްޓު 2024، 08:49

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުވެވަޑައިގަން، ދިވެހީންގެ ރައީސެވެ. ސިޔާސީ މައިދާނުގައި މާ ދުވަސްވީ، މާ ތަޖުރިބާ ބޮޑު އެތައް ބައެއް ވެރިކަމަށް އައުމަށް މަސައްކަތް ކޮށްކޮށް ތިއްބައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ކިބައިގައި ރައްޔިތުން ލޯބިކުރާ އެތައް ސިފައެއް ހުރުމުންނެވެ. ރައްޔިތުން އެދޭ ތަރައްގީއާއި ހަމަޖެހުން، ކުރިއެރުމާއި ބަދަލުތައް ގެނެވޭނީ މަޑުމައިތިރި، ސިޔާސީ ދެކޮޅުވެރިކަމެއް، ނަފްރަތެއް ނުގެންގުޅުއްވާ، އަބަދުވެސް ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރައްވާ ވަތަނީ ލޯބި ހުރި ލީޑަރަކީ ޑރ. މުޙައްމަދު މުޢިއްޒަށް ވީމައެވެ. ނަމަވެސް، ރައްޔިތުންގެ އަގުލަބިއްޔަތާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އައީ އެކި ސިފައިގައި ބަޣާވާތްކުރަމުންނެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އިޤްތިޞާދީ ގޮތުން ގައުމު އިނދަޖެހިފައިވާ ހާލަތުގައެވެ. އެމްޑީޕީގެ ޒިންމާދާރުކަން ކުޑަ މާލީ ސިޔާސަތުގެ ސަބަބުން ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ކުންފުނިތައް ބިލިއަނުން ދަރައި، އިޤްތިޞާދުގައި ވަރުނެތިފައި ވަނިކޮށެވެ. އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުގެ އަޑު ނާހައި އިންތިހާއަށް ފައިސާ ޖަހަމުން ދިޔުމުގެ ސަބަބުން ގައުމުގެ އިޤްތިޞާދަށް ނުކޮށް ނުދާނެ އެތައް ނުރަނގަޅު އަސަރުތަކެއްގައި ވަނިކޮށެވެ. މިއަދުގެ މާލީ ހާލަތުގެ ބޭނުންކޮށް ބަޣާވާތެއް އުފައްދަން އެމްޑީޕީން މަސައްކަތްކުރީ، އެމްޑީޕީ ވެރިކަމުގައި ގައުމުގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމުން ރައްޔިތުންގެ ތާއީދު ސަރުކާރަށް ބޮޑުވާނެތީ ކެތްނުކުރެވިގެންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އެމްޑީޕީގެ ބަޣާވާތުގެ ސިޔާސަތު ވަރަށް ރަނގަޅަށް ކިޔައިދެއްވާފައެވެ. 

ވެރިކަންކުރާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީއްސުރެ އެމްޑީޕީން ގެންދިޔައީ ޒިންމާދާރުކަމެއް ނެތި ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން އެމަނިކުފާނު އަޒުލްކުރުމުގެ މަސައްކަތް ފެށިއެވެ. އެކަން ކާމިޔާބު ނުވުމުން ސިޔާސީ އެކި ދުއްތުރާތައް ފެށިއެވެ. އަދި މާލީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި، މާލީ ބަޣާވާތެއް ކުރަން އުޅުނެވެ. 

އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް – ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީ ހަރުގެ ޖަލްސާ

އިދިކޮޅު ޕާރޓީއެއްގެ ޒިންމާއަކީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރުމެއް ނޫނެވެ. ސަރުކާރު ޒިންމާދާރުކުރުވުމެވެ. ސަރުކާރުން ކުރާ ނުރަނގަޅުކަމެއް ނަމަ މަޖިލީހާއި މިނިވަން އިދާރާތަކުން ޒިންމާދާރުކުރުވުމެވެ. ޒިންމާދާރު ވުމަކީ ރައްޔިތުންގެ އަގުލަބިއްޔަތާ ދެކޮޅަށް ބަޣާވާތްކުރުމެއް ނޫނެވެ. ރައްޔިތުންގެ އަގުލަބިއްޔަތަށް އެއްބާރުލުންދީ، ގައުމުގެ ހެވާ ލާބައަށް މަސައްކަތްކުރުމެވެ. ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވައި، އެއްބާރުލުން އިތުރުކުރުމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމެވެ.

މި ލިޔުން ކިޔާލުމުން