Ads by Stelco

ޚަބަރު

ފުނަދޫގެ ތަރައްޤީއާ ގުޅުންހުރި 8 މަޝްރޫޢާއެކު އެ ރަށުގެ ރައްޔިތުންނަށް ބޮޑު އުއްމީދެއް

ފުނަދޫގެ ތަރައްޤީއާ ގުޅުންހުރި 8 މަޝްރޫޢާއެކު އެ ރަށުގެ ރައްޔިތުންނަށް ބޮޑު އުއްމީދެއް

ފުނަދޫ އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޮކްޓޯބަރު 2025، 11:21

15 އޮކްޓޯބަރު 2025، 11:21

ށ. ފުނަދޫގެ ތަރައްޤީއާ ގުޅުންހުރި 7 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގައި ސޮއިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ ވެރިކަންކުރާ ފުނަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

މިރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާ އާއި އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާ އާއި ސިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ. 

ފުނަދޫގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް: 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ޤާއިމްކުރުން
  2. މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް
  3. ބަނދަރު ތަރައްޤީ ކުރުން
  4. 50 އެނދުގެ ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތް
  5. ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމް ކުރުން
  6. ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުން
  7. ފުނަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުން
  8. ފުނަދޫ ފަޅުގައި އޮންނަ ފަރުކޮޅުގެ ނޭޗަރ ޕާކު

މި މަޝްރޫޢު ތަކުގައި ސޮއިކުރުމަށްފަހު އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ރަށުގައި ފެށިގެން ދިޔަ ހުރިހާ މަސައްކަތެއްވެސް، ހުއްޓުމެއް ނެތި ކުރިޔަށް ގެންގޮސް ނިންމަވާނެކަމަށެވެ.

ފުނަދޫގައި މި ފެށިގެންދާ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަނުން ވިދާޅުވީ، އެ ރަށުގައި ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރަށް 300 ހައުސިން ޔުނިޓުގެ މަޝްރޫޢެއް ފަށާނެ ކަމަށެވެ. 

ފުނަދޫއަކީ ގިނަ ރަށްތަކަކުން މީހުން ހިޖުރަކޮށްގެން ދިރިއުޅޭ ރަށެއް ކަމުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ރަށަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިކަމުގެ އިތުރުން، ފުނަދޫ ސިއްޙީ މަރުކަޒުގައި މި އަހަރު ސްޕީޗް ތެރަޕީ އާއި އީއެންޓީ ޑޮކަޓަރެއްގެ ޚިދުމަތް ފަށެމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މި އަންނަ އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފުރިހަމައަށް ދިނުމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، މި އަންނަ އަހަރުން ފެށިގެން އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން އޭ-ލެވެލްއާ ހަމައަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުން މަދުކުރުމަށް މި އަންނަ އަހަރު ބަޖެޓުގައި ބޮޑު އިސްކަމެއް ދީގެން، ގިނަ ޚިދުމަތްތަކެއް ރާއްޖޭގައި ފައްޓަވާނެ ކަމަށެވެ. 



އަދި ފުނަދޫ އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް މިއަދު ފެށި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން، މި އަހަރުގެ ޑިސެންބަރު މަސް ނިމުމުގެކުރިން، ފުނަދޫ އެއާރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސޭ ގޮތަށް ލައިޓުތައް ހަރުކުރާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ފަތުރުވެރިން ބޭނުން ކުރުމަށް އެކަށޭނަ އެއާރޕޯޓަކަށް، އެ އެއާރޕޯޓު ހެދުމަށް، ލައުންޖާއި، ރެސްޓޯރެންޓެއްގެ އިތުރުން ލަގެޖު ބެލްޓެއް ވެސް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން