ޚަބަރު
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ދެ ޙަފްލާގައި ސުޕްރީމް ކޮމާންޑަރު ބައިވެރިވެވަޑައިގަތް ތަނެއް ދުވަހަކުވެސް ނުދެކެން- ހޯމް މިނިސްޓަރ
ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުން
ފަރުދުން
03 ނޮވެމްބަރު 2024، 11:58
03 ނޮވެމްބަރު 2024، 11:58
ފާއިތުވީ 19 އަހަރު ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ދެ ޙަފްލާގައި ސުޕްރީމް ކޮމާންޑަރު ބައިވެރިވެވަޑައިގަތް ތަނެއް ދުވަހަކުވެސް ދެކިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މީގެ ކުރިން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިލިޓަރީ ޚިދުމަތުގައި ހޭދަކުރި 11 އަހަރާއި އޭގެ ފަހުން ހޭދަކުރި 8 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ މި ދެ ޙަފްލާގައި، އަދި ގިނަ ފަހަރު މި ދެ ޙަފްލާގެ އެއްވެސް އެއްޗެއްގައިވެސް، ސުޕްރީމް ކޮމާންޑަރު ބައިވެރިވެވަޑައިގަތް ތަނެއް ދުވަހަކުވެސް ނުދެކޭ ކަަމަށެވެ. އެހެން ކަމުން ޤައުމީ ބަޠަލުންނަށް ޤަދަރުވެރިކަން ދެއްކެވި ކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާ ކަމަަށް އިހުސާން ވިދާޅުވިއެވެ. މިނިސްޓަރ އިހުސާން އިޝާރާތް ކުރެއްވި ދެ ޙަފްލާއަކީ ސިފައިން ޖަމާޢަތުގައި ކުރި ފަތިސް ނަމާދާއި އޭގެ ފަހުން ބޭއްވި ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތަށެެވެ.
"އަޅުގަނޑު މިލިޓަރީ ޚިދުމަތުގައި ހޭދަކުރި 11 އަހަރާއި އޭގެ ފަހުން ހޭދަކުރި 8 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް (3 ނޮވެމްބަރު) ފާހަގަކުރުމަށް ބޭއްވޭ މި ދެ ޙަފްލާގައި، އަދި ގިނަ ފަހަރު މި ދެ ޙަފްލާގެ އެއްވެސް އެއްޗެއްގައިވެސް، ސުޕްރީމް ކޮމާންޑަރު ބައިވެރިވެވަޑައިގަތް ތަނެއް ދުވަހަކުވެސް ނުދެކެމެވެ. ޤައުމީ ބަޠަލުންނަށް އެކަށީގެންވާ ގޮތުގައި ޤަދަރުވެރިކަން ދެއްކެވި ކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވަމެވެ ." ހޯމް މިނިސްޓަރ އިޙުސާން
<blockquote class="twitter-tweet"><p lang="en" dir="ltr">In my 11 years in military service and 8 years following that, I have never seen the commander in chief participate in both, and in many cases any, of these two events that are held to commemorate 3rd November (Victory Day) of the Maldives. Thank You President Dr <a href="https://twitter.com/MMuizzu?ref_src=twsrc%5Etfw">@MMuizzu</a> for… <a href="https://t.co/k4unCTZ7M6">pic.twitter.com/k4unCTZ7M6</a></p>— Minister of Homeland Security & Technology (@min_mohst) <a href="https://twitter.com/min_mohst/status/1852915563154333881?ref_src=twsrc%5Etfw">November 3, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>