ކުޅިވަރު

ކްލަބު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށް ވިޔަސް، ރަގަޅަށް ކުރިޔަށްދެވޭނެ: ބެންޖޯ

ކްލަބު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށް ވިޔަސް، ރަގަޅަށް ކުރިޔަށްދެވޭނެ: ބެންޖޯ

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ހަނީފް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 އޮކްޓޯބަރު 2025، 09:38

20 އޮކްޓޯބަރު 2025، 09:38

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ކްލަބް އީގަލްސް މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމުގައިވިޔަސް، މަސައްކަތްކޮށްގެން "އީގަލްސްގެ ގޮތުގައި" އެ ޓީމު ކުރިޔަށް ގެންދެވޭނެކަމަށް، އެ ޓީމުގެ ކޯޗެއްގެ މަޤާމުގައި ހުރި އަބްދުالله ހަނީފް (ބެންޖޯ) ބުނެފިއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ވެސް އީގަލްސްއިން ފެނުނު ބެންޖޯ އެ ޓީމުގެ ކޯޗެއްގެ މަޤާމާއި ހަވާލުވިފަހުން ކުޅޭ ފުރަތަމަ މެޗު މިއަދަށް ތާވަލުކޮށްފައިވާއިރު، އެ ޓީމު މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް 3 މެޗު ކުޅުނުއިރު 2 މެޗުން ވަނީ ބަލިވެފައެވެ. އަދި މިހާތަނަށް ލިބުނު އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގެ ނުވަވަނައިގައެވެ. 

މީގެ އިތުރުން، ކޮމިއުނިޓީ ޝީލްޑް މެޗުގައި މާޒިޔާ އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ބެންޖޯ ބުނީ، ޓީމަށް މިވަގުތު އެންމެ މުހިންމީ ކުޅުންތެރިންގެ އިތުބާރު ރަނގަޅުކުރުން ކަމަށާއި، އޭރުން އީގަލްސް ފެންނާނީ "އީގަލްސްގެ ގޮތުގައި" ކަމަށެވެ. އަދި އޭނާ މިވަގުތު އެ މަސައްކަތް ކުރަނީ އެކަން ހާސިލްކުރުމަށްކަމަށް ވަނީ ފާހަގަކޮށްފައެވެ.

އީގަލްސް ސީޒަނަށް ތައްޔާރުވާން ފެށީ، މިހާރު ޤައުމީ ޓީމުގެ ކޯޗެއްގެ މަޤާމުގައި ހުރި މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް މޯހަން ޤައުމީ ޓީމުގެ ޒިންމާއާ ހަވާލުވި ފަހުން އީގަލްސްއާ ދެން ހަވާލުވީ އަޙުމަދު ނިމާދު (ނިމާ)އެވެ. އަދި އޭގެ ފަހުން ނިމާ މަޤާމުގެ ޒިންމާތަކުން އެއްކައިރިވުމަށް ނިންމުމާ ގުޅިގެން، އެ ޒިންމާ ދެން ހަވާލުކޮށްފައި މިވަނީ ބެންޖޯއާއެވެ. 

ދެން، މި ކޮންމެ ގޮތެއް ވިޔަސް އީގަލްސް މި ވަގުތު މި އޮތް ހާލަތަކީ އަސްލު އެހާ ރަނގަޅު ހާލަތެއް ނޫން އީގަލްސް އަށް ބަލާއިރު، އެހެންވީމަ މީގެ އޮންނާނެ ގޮތަކީ މަސައްކަތް ކޮށްގެން މި ހާލަތުން އަރައިގަތުން. ދެން، އެ މަސައްކަތް މިހާރު މި ކުރަނީ، އިރާދަކުރެއްވިއްޔާ، އީގަލްސްގެ މި ހާލަތު ބަދަލުކުރާނަން.  

އީގަލްގެ ކޯޗުގެ މަޤާމާއި ހަވާލުވި ބެންޖޯ ބުންޏެވެ.

ބެންޖޯ ޕްރޮފެޝަނަލް ލެވެލްގައި ކުޅުން ހުއްޓާލާފައި ވަނީ 2023 ވަނަ އަހަރެވެ. އަދި އޭނާގެ 19 އަހަރުގެ ކުޅުމުގެ ކެރިއަރު ނިންމާލާފައި ވަނީ އީގަލްސްއިންނެވެ. އެހެންކަމުން، މިހާރު އެ ކްލަބުގެ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންނަކީ އޭނާއާއެކު ކުޅެފައިވާ ކުޅުންތެރިންނެވެ. 

ބެންޖޯ ފާހަގަކުރާ ގޮތުގައި، އެއީ ޓީމުގެ ހާލަތު ރަގަޅު ކުރުމަށް އޭނާއަށް އޮތް އެޑްވާންޓޭޖެކެވެ. 

އީގަލްސްއަށް މިވަގުތު އަނިޔާގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި އިމްރާން ނަޝީދު (އިންމަ)އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި، ކުޅުމާ ދުރުގައި މަޑުކުރަން ޖެހިފައެވެ. މުހިންމު ކުޅުންތެރިން އަނިޔާގައި ތިބިކަން ވެސް ފާހަގަކޮށް، ބެންޖޯ ބުނީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި ދިގު ސީޒަނެއް ކުޅޭއިރު އަނިޔާގެ ކަންކަން ވެސް އަންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. 

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން