ރިޕޯޓް
ރައީސް މުޢިއްޒު ކުރައްވަނީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ވެރިކަން
ލާމަށް ރައީސް މުޢިއްޒު ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން
މިސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމެވެ. މިއަމާޒު ހާސިލް ކުރެއްވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެންމެ އިސްކުރައްވާ ސިޔާސަތަކީ ރައްޔިތުންގެ ޙާލު ބެއްލެވުމަށް އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލު ކުރެއްވުމެވެ.
ރަށްރަށުގެ ރައްޔިތުން އެރަށަކަށް ގެންނަން ބޭނުންވާ ތަރައްްޤީ ރައްޔިތުން ކުރެން އައްސަވައި އެކަންކަން ކުރެއްވުމަށް ރައްޔިތުން ގާތަށް ވަޑައިގެންވެމުގެ ސިލްސިލާގެ ތެރެއިން މިމަހުގެ 20ވަނަ ދުވަހުން ފެށިގެން މިމަހުގެ 22ވަނަ ދުވަހާއި ހަމައަށް ވަނީ ހައްދުންމައްޗަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
ހައްދުންމައްޗަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަކަށް ވަނީ ވަޑައިގެންފައެވެ.

ރައީސް ޑރ މުޢިއްޒު މާވަށަށް ވަޑައިގެންނެވުން
ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު މާވަށަށެވެ. މާވަށަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.ރައީސް މުޢިއްޒު މާވަށަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ވަނީ ބައްދަލުކުރައްވައިފައެވެ.ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވިއެވެ. އެގޮތުން:
- މާވަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވާދެއްވުން
- މާވަށުގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވުން
- މާވަށުގެ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް ފަށްޓަވާދެއްްވުން މާވަށުގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވުން
- މާވަށުގެ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާދެއްވުމުގެ އިތުުރުން އެރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާދެއްވުން
މިމަސައްކަތްތައް ފައްޓަވައި ދެއްވުމުގެ އިތުރުން ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މާވަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތަކުގައި ސޮއިކުރެވިފައިވެއެވެ. އެގޮތުން:
- މާވަށު ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއާއެކު ސޮއިކުރުން
- މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއިއެކު ސޮއިކުރުން
- މާވަށުގައި އައިސް ޕްލާންޓެއް ޤާއިމްކުރަން މިފްކޯއާއި އެކު ސޮއިކުރުން
ރައީސް މާވަށަށް ކުރެއްވެވި ދަތުރުފުޅުގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާ ގޮތް ވަނީ ބައްލަވައިލައްވައިފައެވެ. މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާވަށު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށް، ސީއެމްބިއުލާންސް ޚިދުމަތް ފައްޓަވާނެ ކަމަށެވެ. މީގެއިތުރުން މާވަށު ބިން ހިއްކައިގެން އެންމެ ފުރަތަމަ ފަށާނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ހިތަދުއަށް ވަޑައިގަތުން
ރައީސް ޑރ މުޢިއްޒު ހައްދުންމައްޗަށް ކުރެއްވެވި ދަތުުރުފުޅުގައި ދެވަނަ އަށް ވަޑައިގެންނެވީ އެއަތޮޅު ހިތަދޫއަށެވެ.
ހިތަދުއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައިފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިތަދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވައިފައިވެއެވެ. އެގޮތުން އެމަޝްރޫޢުތަކަކީ:
- ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށުން
- ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށުން
- ހިތަދޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުން
- ހިތަދޫ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އެޅުމާއިއެކު،
- އޭޓީއެމްގެ ޚިދުމަތް ފެށުން
މަޝްރޫޢުތައް ފައްޓަވައިދެއްވުމުގެ އިތުރުން ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ފަށަންް ހަމަޖެހިފައިވާ މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކޮށްފައިވެއެވެ. އެގޮތުން ހަވާލުކުރެވުނު މަޝްރޫޢުތަކަކީ:
- ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާ ހަވާލުކުރުން
- ހިތަދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރަން މިފްކޯއާ ހަވާލުކުރުން
ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން ހިތަދޫގައި އެއަރޕޯޓެއް އެޅުމަށް އެރަށުގެ ރައްޔިތުން އެދޭކަން ވަނީ ފާޅުކޮށްފައެވެ. މިކަމާގުޅޭ ގޮތުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެއަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްޤީކުރާނީ މުޅި އަތޮޅަށް ފައިދާވާނެހެން ބައްލަވާފައި ކަމަށާއި، އެއަރޕޯޓު މަޝްރޫޢަކީ މުޅި މިއަތޮޅަށްވެސް މުހިއްމު މަޝްރޫއެއްކަމަށެވެ. އެކަން ސަރުކާރުން ކުރިއަށްގެންދަވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތެއް ބައްލަވާފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިދަތުރުފުޅުގައި އެމަސައްކަތް އިއުލާނު ނުކުރެއްވިނަމަވެސް އެކަމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހިތަދޫއިންވެސް މުހިއްމު ދެކޮޅުޖެހޭ ޕްރޮޕޯސަލެއް ހުށައަޅުއްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު ކުނަހަންދުއަށް ވަޑައިގަތުން
ހައްދުންމަތީ ދަތުރުފުޅުގެ ތިންވަނަ މަންޒިލަކަށް ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ވަފުދު ހެއްދެވީ އެއަތޮޅުގެ ކުނަހަންދުއެވެ. ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.ރައީސުލްޖުމްހޫރިއްޔާ ކުނަހަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ވަނީ ބައްދަލުކުރައްވައިފައެވެ.ރައީސް ޑރ މުޢިއްޒުގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ވަނީ ފައްޓަވައިދެއްވައިފައެވެ. އެގޮތުން ފައްޓަވައި ދެއްވި މަޝްރޫޢުތަކަކީ:
- ކުނަހަންދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމް ހުޅުއްވާދެއްވުން
- ކުނަހަންދޫގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅުއްވާދެއްވުން
- ކުނަހަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވުން
މިމަޝްރޫޢުތައް ފައްޓަވައިދެއްމުގެ އިތުރުން ރައީސް ގެ މިދަތުރުފުޅުގެ ތެރެއިން ކުނަހަންދޫގެ ތަރައްޤީއަށް ބޭނުންވާ ދެ މަޝްރޫޢެއް ގައި ސޮއިކުރެވިފައިވެސްވެއެވެ. އެދެމަޝްރޫޢަކީ:
- ކުނަހަންދޫ ވޮލީ ކޯޓު ތަރައްޤީކުރަން އެމްޓީސީސީއާ އެކު ސޮއިކުރުން
- ކުނަހަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރަން އެމްޓީސީސީއާއެކު ސޮއިކުރުން

ރައީސް މުޢިއްޒު ފޮނަދުއަށް ވަޑައިގަތުން
ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަތަރުވަނަ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންނެވީ އެއަތޮޅުގެ ވެރިކަންކުރާ ފޮނަދުއަށެވެ. ފޮނަދުއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނަދުއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ވަނީ ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވައިފައިވެއެވެ. އެގޮތުން ފައްޓަވައިދެއްވި މަޝްރޫޢުތަކަކީ:
- ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
- ފޮނަދޫގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
- ފޮނަދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުން
- ފޮނަދޫ ބިން ހިއްކުމާއި ގޮންޑުދޮށް ހިމާޔާތްކުރުމާއި، ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
މިމަޝްރޫޢުތަކުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ އިތުރުން ފޮނަދޫގެ ތަރައްޤީއަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގެ ސޮއިކުރެވިފައިވެސް ވެއެވެ. އެގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކަކީ:
- ފޮނަދޫގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހަކާއި ލެންގުއޭޖް ސްކޫލެއް އިމާރާތްކުރުމުގެ އެއްބަސްވުން
- ފޮނަދޫގައި އޮފީސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުން
- ފޮނަދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއ،ި ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުން
- ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސެއް ޤާއިމުކުރުމުގެ އެއްބަސްވުން
ރައީސް ފޮނަދުއަށް ކުރެއްވެވި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ބަލާލާއިރު ފޮނަދުއާއި ކޯޒްވޭއަކުން ގުޅުވައިފައިވާ ކައްދޫގެ އެއަރޕޯޓު 2800 މީޓަރުގެ ދިގު ރަންވޭއަކާއެކު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އޮތް 3 އަހަރުގެތެރޭގައި ނިންމުންކަމަށެވެ. އެގޮތުން މިއީ މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ.ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ފޮނަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެކަންވެސް ޢިއުލާންކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރެގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ޢަމަލީގޮތުން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު މިސަރަޙައްދުގައި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްލިބޭނެ މަގު ފަހިކޮށްދެއްވުމަކީވެސް އިސްކަންދެއްވާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މާމެންދުއަށް ވަޑައިގަތުން
މާމެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.ރައީސް މުޢިއްޒު މާމެންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފައިވެއެވެ. އެގޮތުން ފައްޓަވައިދެއްވެވި މަޝްރޫޢުތަކަކީ:
- މާމެންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުން
- މާމެންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ ޚިދުމަތް ފެށުން
- މާމެންދޫގެ ތަރައްޤީއަސް ބޭނުންވާ ދެމަޝްރޫޢެއްގައި މިދަތުރުފުޅުގެ ތެރެއިން ސޮއިކުރެވިފައިވާއިރު އެދެ މަޝްރޫޢަކީ:
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ އެކު ސޮއިކުރުން
މާމެންދޫ ބަނދަރު ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެމްޓީސީސީއާއެކު ސޮއިކުރެވުން
މިދަތުރުފުޅުގައި ރައީސް މުއިއްޒުވަނީ މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. މަިބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ މާމެންދޫގެ ތަރައްޤީއަށް އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާދެއްވާނެެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. ރައީސް ވިދާޅުވީ މާމެންދޫގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަމަށެވެ. އެއާއެކު އިތުރު މަޝްރޫޢުތައް މިރަށުގައި ފެށިގެންދާނެކަމަށެވެ. މީގެއިތުރުން މިރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެނަކަ މެދުވެރިކޮށް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.ހަމައެއާއެކު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާމެންދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ހުޅިމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ.މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުﷲ ރަހީމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކާ ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ހޮޓެލް ސްކޫލްގެ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް މުހިއްމު ކުރިއެރުން ގެނެސްދޭނެފަދަ މަޝްރޫޢެއްކަމަށެވެ.
މި ހޮޓެލް ސްކޫލަކީ، މުޅި ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މުހިއްމު ސްކޫލެއް. މީހުން މިދާއިރާއިން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް
ރައީސް

ރައީސް މުޢިއްޒު މުންޑޫއަށް ވަޑައިގަތުން
މުންޑޫއަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މުންޑޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވެވިއެވެ. މީގެ އިތުރުން، އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވައިފައިވއެވެ. އެގޮތުން:
- މުންޑޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުން
- މުންޑޫގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުން
މުންޑޫއަށް ވަޑައިގެން މުންޑޫ ރައްޔިތުންނާއި ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލ.މުންޑޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ އުފާވެރި ޚަބަރު ރައީސް މުއިއްޒު ވަނީ މުންޑޫގެ ރައްޔިތުންނަށް ދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުންޑޫގެ މީސްކޮޅު މަދުނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ކުރިއަށްގެންދާހެން މަޝްރޫޢުތައް އެއްވެސް ތަފާތުކުރުމެއް ނެތި އެރަށުގައިވެސް ކުރިއަށްގެންދަވާނެކަމަށެވެ.

ރައީސް މުޢިއްޒު މާބައިދޫއަށް ވަޑައިގަތުން
ހައްދުންމައްޗަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެއަތޮޅު މާބައިދޫއަށް ވެސް ވަޑައިގަންވައިފައެވެ. މާބައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މާބައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައިފައިވެއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މާބައިދޫގައި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ވަނީ ފައްޓަވައި ދެއްވައިފައެވެ. އެގޮތުން ފައްޓަވައިދެއްވި މަޝްރޫޢުތަކަކީ:
- މާބައިދޫގައި ތަރައްޤީކޮށްފައިވާ ބީއެލްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުން
- މާބައިދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން
- މާބައިދޫގައި އިމާރާތްކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ބިންގާއެޅުން
- މާބައިދޫގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުން
މީގެއިތުރުން މާބައިދޫގެ ތަރައްޤީއަށް ބޭނުންވާ ދެ މަޝްރޫޢެއް ވަނީ ދެކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެދެމަޝްރޫޢަކީ:
- މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް
- މާބައިދޫގައި ހުންނަ ލ. އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލެއް ޤާއިމްކުރަން އެފްޑީސީއަށް
މާބައިދޫއަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މާބައިދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު ހިމަނުއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މާބައިދޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނެރޭޓަރު ފެނަކަ މެދުވެރިކޮށް ލިބިގެންދާނެކަމަށާއި، ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ދަނބިދޫއަށް ވަޑައިގަތުން
ހައްދުންމައްޗަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ރައީސް ދަނބިދުއަށްވެސް ވަަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒު ދަނބިދުއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.ރައީސުލްޖުމްހޫރިއްޔާ ދަނބިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވެވިއެވެ.
ދަނބިދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީގެ ބައެއް މުހިންމު މަަސައްކަތްތައް ވަނީ ފައްޓަވައިދެއްވައިފައެވެ. އެގޮތުން ފައްޓަވައިދެއްވެވި ކަންކަމަކީ:
- ދަނބިދޫގައި ތަރައްޤީކޮށްފައިވާ ބީއެލްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުން
- ދަނބިދޫގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާއަޅެއްވުން
- ދަނބިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުން
- ދަނބިދޫގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުން
- ދަނބިދޫގައި ލެބޯޓަރީގެ ޚިދުމަތް ފައްޓަވައިދެއްވުން
ދަނބިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރަށުގައި އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި މީގެތެރެއިން އެރަށަށް ބޭނުންވާ އެމްބިއުލާންސްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ އިސްދޫ ކަލައިދޫ ކޯޒްވޭއާއެކު ދަނބިދޫއަށް އަންނާނެ ތަރައްޤީއަށްވެސް އަލިއަޅުއްވާ ލައްވާފައެވެ.
މިއާއެކު އަންނާނެ އެންމެބޮޑު ބަދަލަކީ، އިޤްތިޞާދީގޮތުން އަންނާނެ ކުރިއެރުން މިރަށްތަކަށް. ވަރަށް ގިނަ ދުވަސްވެއްޖެ ސޮއިކޮށްފައި އޮންނަތާ. މާދަމާ އަޅުގަނޑުމެން އެމަސައްކަތް ޢަމަލީ ގޮތުން ފަށާނަން
ރައީސް
ރައީސްގެ ވާހަކަފުޅުގައިވަނީ ދަނބިދޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަރަށް އަވަހަށް ޖަނެރޭޓަރެއް ގެންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ދަނބިދޫއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމާއެކު މަގުހެދުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މީގެއިތުރުން އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ދަނބިދުއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ދަނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވެއެވެ.

ރައީސް މުއިއްޒު ގަމަށް ވަޑައިގަތުން
ހައްދުންމަތީ ދަތުރުފުޅުގެ 9ވަނަ މަންޒިލަކަށްވީ އެއަތޮޅުގެ ގަމެވެ. ގަމަށް ވަޑައިގަތުމުން އެރަށުންވެސް ރައީސްއަށް ހޫނު މަރުޙަބާއެއް ދަންނަވައިފައިވެއެވެ.
ގަމުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ބަައްދަލުކުރައްވައިފައިވާއިރު ރައީސްގެ ދަތުރުފުޅުގައި ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.
ހަމަމިއާއެކު ގަމު ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށްޓަވައި އަދި ގަމު ތުނޑީ އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފައިވެއެވެ.
މީގެއިތުރުން ރަައީސް ގަމަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ގަމުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކެއްގައި ސޮއިކުރެވިފައިވެއެވެ. އެގޮތުން ސޮއިކުރެވުނު މަޝަރޫޢުތަކަކީ:
- ގަމުގައި 100 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެޗްޑީސީއަށް
- ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަށް އައު އިމާރާތެއް އެޅުން އެމްޓީސީސީއަށް
- ގަމު މަގު ހެދުމުގެ މަޝްރޫޢު އާރްޑީސީއަށް
- ގަމުގައި އިތުރު ބަނދަރެއް އެޅުން އެމްޓީސީސީއަށް
- ގަން ކައިރީގައި އޮންނަ ލ.ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ރައީސް މުޢިއްޒު ގަމަށް ވަޑައިގެން ގަމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބާއްވައިފައިވެއެވެ. މިޖަލްސާގައި ގަމަށް އެހެން ރަށްރަށުން ހިޖުރަކޮށް އެއަރަށުގައި ދިރިއުޅުން އާރަށްކުރަމުންދާ ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސް ވިދާޅުވީ ގަމަށް ބަދަލުވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ލިބޭނެ ކަމަށެެވެ.
ގަމުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މުހިންމު ކަންތައްތަކެއް އިއުލާނުކުރައްވައިފައެވެ. އެގޮތުން ކުރިއަށްއޮތް 10ވަރަކަށް ދުވަސްތެރޭ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަން ރައީސް އިޢުލާނުކުރެއްވެވިއެވެ.
މީގެއިތުރުން ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ތެލެސީމިޔާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދޫކުރައްވާނެ ކަން ވަނީ އިޢުލާނު ކުރައްވާފައެވެ. ހަމަމިއާއެކު އަންނައަހަރުން ފެށިގެން އެކަނިވެރިމައިންގެ އެލަވަންސް ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ހައްދަވައި އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދެއްވާނެކަން ރައީސް ވަނީ އިޢުލާނުކުރެއްވިއެވެ.

ރައީސް މުޢިއްޒު އިސްދޫ ކަލައިދުއަށް ވަޑައިގަތުން
ހައްދުންމައްޗަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހުން ރަޢީސް މުޢިއްޒު ވަޑައިގެންނެވީ ގުޅިފައި އޮތަސް ދެ ރަށެއްގެ ގޮތުގައި އޮންނަ އިސްދޫ-ކަލައިދޫ އަށެވެ.
އިސްދޫ-ކަލައިދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިސްދޫ-ކަލައިދުއަށް ވަޑައިގެން އެދެެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވެވިއެވެ.
އިސްދޫ-ކަލައިދުއަށް ވަޑައިގެން އެރަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވައިފައިވެއެވެ. އެގޮތުން ފައްޓަވައިދެއްވި ކަންކަމުގެ ތެރޭގައި:
- އިސްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން
- އިސްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން
- އިސްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުން
- އިސްދޫ-ކަލައިދޫ ބޮޑުމަގުގައި ތާރުއެެޅުމުގެ މަސައްކަތް ފެށުން
- ކަލައިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން
- ކަލައިދ ޫއަދި ދަނބިދޫ ގުޅައިދޭ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުން
މިކަންކަމުގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން އިސްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ރައީސް ޑރ މުޢިއްޒު ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވަން ކުރައްވާ މަސައްކަތްޕުޅާ، ވަށާޖެހޭ ތަރައްޤީއެއް ގެނެސްދެއްވުމަށް ޖައްސަވަމުންދާ ހިސާބު ތަފާތެވެ. ތަފާތުވަނީ އެޖައްސަވަމުން ގެންދަވާ ހިސާބު ދިމާވެ ބަހާއި ޢަމަލު ދިމާވާތީއެވެ.