Ads by Stelco

ޚަބަރު

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖޫމްހޫރިއްޔާ ފޮނުއްވައިފި

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖޫމްހޫރިއްޔާ ފޮނުއްވައިފި

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖޫމްހޫރިއްޔާ ފޮނުއްވުން

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 11:34

29 އޮކްޓޯބަރު 2025، 11:34

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިިދާޅުވީ، ތުރުކީގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރައީސް އަށާއި، ތުރުކީގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ފޮނުއްވާކަމަށެވެ. ތަހުނިޔާ ފޮނުއްވާ، ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ތުރުކީގެ ރައްޔިތުންނަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ. 



ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަސް ތުރުކީގައި ފާހަގަ ކުރަމުންދަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. އެގޮތުން، މިއަދު ތުރުކީން ފާހަގަ ކުރަމުންދަނީ 102ވަނަ ޖުމްހޫރީ ދުވަހެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން