ކުޅިވަރު

ދިވެހި ލީގު: ޔޫވީ ބަލިކޮށް ވިކްޓަރީ ގަދަ ހަތަރަކަށް

ދިވެހި ލީގު: ޔޫވީ ބަލިކޮށް ވިކްޓަރީ ގަދަ ހަތަރަކަށް

ގޯލު ކާމިޔާބުކުރުމަށްފަހު ވިކްޓަރީއިން އުފާފާޅުކުރަނީ/ ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 12:21

02 ނޮވެމްބަރު 2025، 12:21

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-0އިން ބަލިކުރުމަށްފަހު، ވިކްޓްރީ ސްޕޯޓްސް ކްލަބުން ސީޒަންގައި ފުރަތަމަ ފަހަރަށް ތާވަލުގެ ގަދަ ހަތަރަކަށް އަރައިފިއެވެ. 

ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި ވިކްޓަރީގެ ގޯލު ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 73ވަނަ މިނެޓުގައި ވިކްޓަރީގެ ހުސެން ނިޔާޒް މުޙައްމަދު އޭރިއާ ތެރެއަށް ވަނުމަށްފަހު އެ ޓީމުގެ ބްރެޒިލް ފޯވާޑް، ލަޑްމީރް އެވެޓަން ޑަސިލްވާއަށް ދިނުމުން، އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ބްލޮކްވި ނަމަވެސް ދެވަނަ ފަހަރު ލިބުމުން އޭނާ ވަނީ ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ.

ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ، ރަސްމީކޮށް ހަވާލުވި ފަހުން، ވިކްޓަރީއިން ހޯދި ފުރަތަމަ މޮޅެވެ. އެ ކޯޗާއެކު އެ ޓީމުން ފުރަތަމަ ނިކުތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ނަމަވެސް އެ މެޗު ގެއްލުނީ 4-0ގެ ބޮޑު ތަފާތަކުންނެވެ.

ޔޫވީ މެޗުން ހޯދި މޮޅާއެކު ވިކްޓަރީން ގަދަ ހަތަރަކަށް އެރީ 6 މެޗުން ހޯދި 9 ޕޮއިންޓާއެކުވެ. އަދި ޔުވީއިން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމު އޮތީ 6 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން