ކުޅިވަރު

ދިވެހި ލީގު: ޓީސީ ބަލިކޮށް އީގަލްސްއިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި

ދިވެހި ލީގު: ޓީސީ ބަލިކޮށް އީގަލްސްއިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި

ގޯލު ކާމިޔާބުކުރުމަށްފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 07:09

02 ނޮވެމްބަރު 2025، 07:09

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 2-0އިން ކާމިޔާބުކޮށް، ކްލަބް އީގަސްލްއިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިދިޔަ މަހު އީގަލްސްގެ ކޯޗެއްގެ މަޤާމާއި އެ ޓީމަށް ކުރިން ކުޅެފައިވާ އަބްދުالله ޙަނީފް ހަވާލުވިފަހުން، އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެފައިވާއިރު، ތިން ވަނަ މެޗުން މިވަނީ މޮޅުވެފައެވެ.

ހަނީފް ހަވާލުވިފަހުން އީގަލްސްއިން ވަނީ މި ސީޒަންގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމު ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވެސް ބައްދަލުކޮށްފައެވެ. އަދި މިނާތަނަށް ނިއުއަށް ބަލިކުރެވިފައި ނުވަނީ އެ ޓީމު އެކަންޏެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގެ 65ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ އެ ޓީމުގެ ކެޕްޓަން އަހުމަދު ރިޒުވާން ދިން ބޯޅައަކުން އިސްމާއީލް އީސާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގައި އީގަސްލްއަށް ދެވަނަ ގޯލު ކާމިޔާބުކޮށްދިން ކަޓްސުޔޯޝީ ކިމިޝީމާ  / ފޮޓޯ: އަދަދު ސްޕޯޓްސް


މެޗުގައި ޓީސީއަށް އިތުރަށް އުނދަގޫވީ، ފަހު ހާފުގައި ކުޅެން ނިކުތް ޙަސަން އީނާޒްއަށް ދެވަނަ ރީނދޫ ކާޑަކާއެކު މެޗުގެ 75ވަނަ މިނެޓުގައި ރަތް ކާޑެއް ދެއްކުމުންނެވެ. އަދި އޭގެ މިނެޓެއް ފަހުން އީގަލްސްއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މިއީ، އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން އީގަލްސްގެ ޖަޕާން މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާ ޖެހި ގޯލެކެވެ. 

މި މޮޅާއެކު، އީގަލްސް ހަވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ހަ މެޗުން ލިބުނު ތިން ޕޮއިންޓާއި ލަނޑުގެ ތަފާތުން ޓީސީ އޮތީ ލީގުގެ ނުވަވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން