ޚަބަރު
އައްޑޫ ހުޅުމީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައު އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި
އައްޑޫ ހުޅުމީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައު އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު
ފަރުދުން
05 ނޮވެމްބަރު 2025، 01:42
05 ނޮވެމްބަރު 2025، 01:42
އައްޑު އަތޮޅު ހުޅުމީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައު އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިއެވެ.
މި ޚިދުމަތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ޚިދުމަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ހުޅުމީދޫގައި ޤާއިމްކޮށްފައިވާ އެމްއައިބީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.
ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާގުޅިގެން މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މި 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމްއެއް ބަހައްޓާނެއެވެ. މީގެ އިތުރުން 4 ރަށެއްގައި ސޭލްސް ސެންޓަރު ޤާއިމްކުރާނެ ކަމަށް ވަނީ އިޢުލާންކުރައްވާފައެވެ. އެ ރަށްތަކަކީ ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލި އެވެ.