ޚަބަރު
އައްޑޫ ހުޅުދޫ - އައްޑޫ މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި، އައްޑޫ މީދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ފަށައިފި
އައްޑޫ ހުޅުދޫ - އައްޑޫ މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު
ފަރުދުން
05 ނޮވެމްބަރު 2025، 01:21
05 ނޮވެމްބަރު 2025، 01:21
އައްޑޫ ހުޅުދޫ - އައްޑޫ މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި، އައްޑޫ މީދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ފަށައިފިއެވެ.
މި ދެމަޝްރޫޢުގެ މަސައްކަތް ފަށްޓަވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އައްޑޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިިންނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހިގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މިކަމަށްޓަކައި ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރުގެ ބިންގާއަޅުއްވައިދެއްވީ ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލާއި، ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާ، އާންމު މަސައްކަތްތަކާ ބެހޭ ވަޒީީރު އާދަމް ޝަރީފް އުމަރުގެ އިތުރުން އެދާއިރާގެ މަޖިލިސް މެމެބަރެވެ. މި ރަސްމިއްޔާތުގައި ދާއިރާގެ މެމްބަރުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް، ސެންޓަރުތައް ހިންގޭނެ އިންތިޒާމާއެކު ރަށްރަށުގެ ކައުންސިލްތަކާއި ދަނީ ހަވާލުކުރަމުންނެވެ.