Ads by Stelco

ޚަބަރު

މިދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް މަސްދަޅުކޭސް ލިބޭނެ، ކަރަންޓު ބިލު 400 އަށްވުރެ ބޮޑެއް ނުވާނެ: ރައީސް

މިދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް މަސްދަޅުކޭސް ލިބޭނެ، ކަރަންޓު ބިލު 400 އަށްވުރެ ބޮޑެއް ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ޕީއެސްއެން

farudhun logo

ފަރުދުން

14 ނޮވެމްބަރު 2025، 11:45

14 ނޮވެމްބަރު 2025، 11:45

ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ ކަމަށާއި ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

'ދިވެހީންގެ ރާއްޖެ' ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީ އަހަރެކޭ އެއްފަދައިން އަންނަ ރަމަޞާންމަހުވެސް ހަދިޔާ ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ ރަމަޞާން މަހުގައިވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށާއި، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް އަންނަ ރަމަޞާންމަހު އަރާނީ 400 ރުފިޔާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް."

ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ރަމަޞާންމަހުވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ބަހާފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައިވާއިރު ކަރަންޓު ބިލުންވެސް ޑިސްކައުންޓް ދީފައިވެއެވެ. އެގޮތުން އަންނަ އަހަރުވެސް މި ހަދިޔާ ދެއްވާނެކަމުގެ އުފާވެރި ޚަބަރު ރައީސް މިވަނީ ދެއްވާފައެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން