ޚަބަރު
ކުރީގެ ވިޔަފާރިވެރިޔާ ކުވާ މުޙައްމަދު ޔޫސުފް އަވަހާރަވެއްޖެ
ކުވާ މުޙައްމަދު ޔޫސުފް
ފަރުދުން
06 ނޮވެމްބަރު 2024، 03:02
06 ނޮވެމްބަރު 2024، 03:02
ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޔޫސުފް،(ކުވާ މޮހޮދޭ) އަވަހާރަވެއްޖެ އެވެ.
މުޙައްމަދު ޔޫސުފް އަކީ ހަރަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއު އަދި ކުރީގެ ކަސްޓަމްސްގެ އެންމެ އިސް ވެރިޔަކަށް ހުންނެވި އިބްރާހިމް ޝާފިއުގެ ބައްޕަ އެވެ.
މުޙައްމަދު ޔޫސުފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު ވަނީ ތަޢުޒީޔާ ދަންނަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ. މަރްޙޫމް މުޙައްމަދު ޔޫސުފް އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއްކަމަށާއި، މަރުޙޫމް މުޙައްމަދު ޔޫސުފަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރި، އަދި ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުއެވެ.

މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ…
— Dr Mohamed Muizzu (@MMuizzu) November 6, 2024

މުޙައްމަދު ޔޫސުފް ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަކީ 1970 އަދި 1980ގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޝިޕިން ވިޔަފާރި ކުރެއްވި ބޭފުޅެވެ.