Ads by Stelco

ޚަބަރު

"މުނިފޫހިފިލުވުމުގެ ދާއިރާއިގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ދީނުގެ ޙުދޫދުން ބޭރުނުވާގޮތަށް ކަންކަން ކުރައްވާ"

"މުނިފޫހިފިލުވުމުގެ ދާއިރާއިގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ދީނުގެ ޙުދޫދުން ބޭރުނުވާގޮތަށް ކަންކަން ކުރައްވާ"

ރައީސުލްޖުމްހުރިއްޔާ "ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާޙު ކުރެއްވުން - 23 ފެބުރުވަރީ 2024 / ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

21 ނޮވެމްބަރު 2025، 06:25

21 ނޮވެމްބަރު 2025، 06:25

މުނިފޫހިފިލުވުމުގެ ދާއިރާއިގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ދީނުގެ ޙުދޫދުން ބޭރުނުވާގޮތަށް ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މީސްމީޑިއާގައި އެ މަނިކުފާނު ޚިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއް ކަމުން، ދީނުގެ ގިއުގަނޑުގެ ތެރޭގައި އަހަރެމެންގެ ޢަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި އެއީ އުފަލަކަށް ހަދަންޖެހޭނެކަމެއް ކަމުގައެވެ. 

އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް. މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދީނުގެ ޙުދޫދުގެ ތެރޭގައި އަހަރެމެންގެ ޢަމަލުތައް ބަހައްޓަން ޖެހެނީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާ އެއްގޮތް ހެޔޮ ނަމޫނާ ދެއްކުމަކީ، ޤައުމީ ވާޖިބެއް ކަމުގައި ވާތީކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ މި މެސެޖު ޙިއްޞާކުރެއްވިއިރު، ބުރާސްފަތި ދުވަހުގެރޭ ދިވެހި ފިލްމް "ލިލީ" ޕްރިމިއަރ ކުރުމުގެ ހަފްލާއަށް ހާޒިރުވި ފިރިހެން ބޭފުޅަކު އަޅައިގެން ހުރި ހެދުމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން