ސައިންސް / ދުނިޔެ

ބިންދައިގެންދާ ކަށިގަނޑު ދެނެގަތުން އަވަސްކުރުމަށް އިނގިރޭސި ވިލާތުގެ ހޮސްޕިޓަލްތަކުން އޭއައި ނިޒާމެއް ބޭނުންކުރަން ފަށައިފި

ބިންދައިގެންދާ ކަށިގަނޑު ދެނެގަތުން އަވަސްކުރުމަށް އިނގިރޭސި ވިލާތުގެ ހޮސްޕިޓަލްތަކުން އޭއައި ނިޒާމެއް ބޭނުންކުރަން ފަށައިފި

އެކިބާވަތުގެ އެކްސްރޭ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ނޮވެމްބަރު 2025، 02:21

25 ނޮވެމްބަރު 2025، 02:21

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަކީ ގިނަކަންތައްތަކެއް ކުރެވޭނެ އެއްޗެއްކަން މިހާރުވެސްވަނީ ދައްކާފައެވެ. އޭގެ ތެރެއިން މިފަހަރު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުން އޭއައި ބޭނުންކޮށްގެން ބިންދައިގެންދާ ކަށީގެ މައްސަލަ ދެނެގަތުން އަވަސްކުރުމަށް އައު ނިޒާމެއް ތަޢާރަފުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މި ދާއިރާގެ މާހިރުން އޭއައި އަށް ދެމުންގެންދާ އިތުބާރު އިތުރުވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ ނޯތު ލިންކަންޝަޔަރ އެންޑް ގޫލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ވަނީ ބިންދައިގެންދާ ކަށިގަނޑުތައް އެއްތަނުން އަނެއްތަނަށް ޖެހިފައިހުރިތަން ދެނެގަތުމަށް އޭއައި ބޭނުންކުރަން ފަށާފައެވެ. މިއީ ދެ އަހަރު ދުވަހުގެ ނޭޝަނަލް ހެލްތު ސަރވިސަސް (އެންއެޗްއެސް) ޕައިލެޓް ސްކީމެއްގެ ދަށުން މި މަހުގެ ނިމުމުގެ ކުރިން އޮޕަރޭޝަނަލްވާނެ ނިޒާމެކެވެ.

ޓްރަސްޓުގެ މާހިރުން ބުނެފައިވާ ގޮތުގައި، އޭއައި ސޮފްޓްވެއަރއިން ކޮންމެ އެކްސްރޭއެއް ވަގުތުން ދިރާސާކޮށް، ކަށިގަނޑު ބިނދުމުގެ ނުވަތަ ކަށިގަނޑު ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ ސަރަޙައްދުތައް ފާހަގަކޮށްދޭނެއެވެ. މީގެ ސަބަބުން ޑޮކްޓަރުންނަށް ބަލި ދެނެގަތުމަށް އިތުރު އެހީތެރިކަމެއް ލިބި، ކުއްލި ފަރުވާ ދިނުން އަވަސްވެގެންދާނެއެވެ. އޭއައިއިން ވަގުތުން ކަށިގަނޑު ބިނދުމުގެ ފުރުސަތު ބޮޑު ސަރަޙައްދުތައް ފާހަގަކޮށްދިނުމުން، ޑޮކްޓަރުންނަށް އެތަންތަން އަވަހަށް ބަލައި، ފަރުވާ ދިނުމުގެ ނިންމުންތައް ނެގުމަށް ލުއިފަސޭހަވާނެއެވެ. ނަމަވެސް، ފައިނަލް ކަންކަން ދެނެގަތުމާއި ފަރުވާ ދިނުމުގެ ނިންމުންތައް އަބަދުވެސް ނަގާނީ ސިއްހީ މާހިރުންނެވެ.

މާހިރުން ފާހަގަކުރައްވާ ގޮތުގައި، އެކްސްރޭއަކުން ދައްކާނީ ހަމައެކަނި ކަށީގެ ފޮޓޯއެކެވެ. ނަމަވެސް އޭއައިއިން ފޮޓޯ ދިރާސާކޮށް، ކަށިގަނޑު ބިނދުމުގެ ފުރުސަތު ބޮޑު ސަރަޙައްދުތައް ފާހަގަކޮށް، ޑޮކްޓަރުންނަށް ވަގުތުން އިރުޝާދު ދެއެވެ. މީގެ ސަބަބުން ގޯސްތައް މަދުވެ، ފަރުވާ ދިނުން އަވަސްވެގެންދެއެވެ. އެކްސްރޭ މެޝިނަކުންވެސް ކަށިގަނޑުގެ ބިނދުންތައް ދެނެގަނެވޭނެއެވެ. ނަމަވެސް އެކްސްރޭ އިމޭޖިންއާއި އޭއައިގެ އެހީގައި ކުރެވޭ ދިރާސާއާ ދެމެދު ކުޑަ ތަފާތެއްވެއެވެ. އެކްސްރޭ މެޝިނުން ކަށީގެ ފޮޓޯ ނަގާއިރު، ކަށިބިނދުމުގެ ފުރުސަތު ބޮޑު ތަންތަން ފެންނަ ގޮތަށް ނަގައެވެ. ނަމަވެސް އޭއައިއިން ވަގުތުން ފޮޓޯ ދިރާސާކޮށް، ކަށިބިނދުމުގެ ނުވަތަ ކަށިގަނޑު ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ތަންތަން ސާފުކޮށް ފާހަގަކޮށްދީ، ޑޮކްޓަރަށް އަވަހަށް އަދި ރަނގަޅަށް ފަރުވާ ދިނުމަށް އެހީތެރިވެދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން