ކުޅިވަރު

ނިއު ވަރަގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެވަނަ އަމާޒަކަށް ރިޒޭ

ނިއު ވަރަގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެވަނަ އަމާޒަކަށް ރިޒޭ

އީގަލްސްގެ ޒުވާން ފޯވަޑް އަޙުމަދު ރިޒްވާން (ރިޒޭ) ނިއު ރޭޑިއަންޓާ ގުޅުމަށް ވަނީ އެއްބަސްވެފައި / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 09:59

07 ޑިސެމްބަރު 2025، 09:59

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަބު އީގަލްސްގެ ޒުވާން ފޯވަޑް އަޙުމަދު ރިޒްވާން (ރިޒޭ) އެ ޓީމަށް ގެންދިއުމާމެދު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އީގަލްސްއިން ރިޒޭ ދޫކޮށްލަން އެއްބަސްވީ، އެ ކްލަބަށް ދިމާވެފައި އޮތް ދަތި މާލީ ޙާލަތުން ލުޔެއް ހޯދުމުގެ ގޮތުންނެވެ. 

މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމާއި މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައިވާ ރިޒޭ ވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެވެ. 

ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ރިޒޭގެ ކުރިން، ނިއުއިން ވަނީ އެ ޓީމަށް ކުރިމަތިވެފައި އޮތް ގޯލް ކީޕަރުގެ މައްސަލަ ޙައްލު ކުރުމަށް، ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުން ދިޔަ މުޙައްމަދު ފައިސަލްގެ ސޮއި ހޯދާފައެވެ. 

ނިއުގެ ގޯލު މި ސީޒަން ފެށިއިރު ބެލަހައްޓަމުން ދިޔައީ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބްއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ދިމާވުމުން އެ ޓީމުން ވަނީ އިމަޖެންސީ ޓްރާންސްފާއެއް ހަދައި، ސްރީ ލަންކާގެ ކީޕަރު ކަވީޝް ލަކްޕްރިޔާ ގެނަސްފައެވެ. އެކަމަކު ފުރަތަމަ ބުރު އެ ޓީމުން ނިންމާލަން ޖެހުނީ އޭނާއަށް ވެސް އަނިޔާވެގެން ބަދަލު ކީޕާރު އަބްދުالله ޒިމާމްއާއެކުއެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރު މިހާރު ނިމިފައިވާއިރު، ނިއުއޮތީ ލީގުގެ ތިން ވަނައިގައެވެ. އަދި ކުރީކޮޅު ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް، އަބްދުالله ހަނީފް އެ ޓީމާ ހަވާލުވިފަހުން ނަތީޖާތައް ރަނގަޅުކޮށް، އީގަލްސްއިން އެ ބުރު ނިންމާލީ 5ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން