ޚަބަރު
ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އަޙްމަދު އަޒްމީލް
ފަރުދުން
11 ޑިސެމްބަރު 2025، 11:09
11 ޑިސެމްބަރު 2025، 11:09
ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައިސް ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމައާ އެކުގައި ކަމަށެވެ.
ހަމައެއާއެކު އަޒްމީލްގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދޭކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސް ވަނީ މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) December 11, 2025
ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ… pic.twitter.com/3HgoFweEvV
އަޒްމީލް އަކީ ސްޓެކްލޯގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި ފަރާތެކެވެ. ސުޕަވައިޒަރެއްގެ މަޤާމުގައި ހުންނެވި އަޒްމީލް ނިޔާވީ ހުޅުވާމޭ ބައު އިންޖީނުގޭގައި ހިނގި އަލިފާޏުގެ ހާދިސާގައި ލިބުނު ގެއްލުމަށް ފަރުވާ ދެމުން ގެންދަނިކޮށް ބެންކޮކް ހޮސްޕިޓަލުގައެވެ.