Ads by Stelco

ޚަބަރު

ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިން އޮން ޑޮމެސްޓިކް ވައިލެންސް އެންޑް ސެކްޝުއަލް އޮފެންސްގެ 2 ވަނަ ބެޗް ފަށައިފި

ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިން އޮން ޑޮމެސްޓިކް ވައިލެންސް އެންޑް ސެކްޝުއަލް އޮފެންސްގެ 2 ވަނަ ބެޗް ފަށައިފި

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ޑިސެމްބަރު 2025، 06:07

16 ޑިސެމްބަރު 2025، 06:07

 ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިން އޮން ޑޮމެސްޓިކް ވައިލެންސް އެންޑް ސެކްޝުއަލް އޮފެންސްގެ 2 ވަނަ ބެޗް ފަށައިފި އެވެ.

މިއީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު އެކައުންޑަބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސ ޕްރޮޖެކްޓް (އެއިމް) މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި މަހުގެ 14 އިން 18 ވަނަ ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ޖެންޑަރ ބެސްޓް ވައިލެންސް އާއި ގެވެށި އަނިޔާ އާއި ޖިންސީ ކުށްތަކާ ދެކޮޅަށްކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، އަދި ކަމާގުޅުންހުރި ޤާނޫނުތަކާއި ޤާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިންނަށް ޖެންޑަރ ކޮންސްޓްރަކްޝަން އެންޑް ޑައިގްނޯސިސް، ވެލިއު ކްލެރިފިކޭޝަން، ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަމުގެ ތަފާސްހިސާބުތަކާއި، އިންސާފު ހޯދުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ގެވެށި އަނިޔާގެ ގާނޫނާއި ޖިންސީ ކުށްތަކުގެ ގާނޫނުގެ އިތުރުން، ޝަރީއަތުގެ ކުރީގެ މަރުހަލާތަކާއި، ޝަރުއީ މަޖުލީހުގައި އަމަލުތައް ބައްޓަންކުރަންވީގޮތާއި، ހުކުމްކުރުމުގައި ވިސްނަންވީ ކަންކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ހެއްކާއި ގުޅޭ މައްސަލަތަކާއި، ތަފާތު ވައްތަރުތަކުގެ ހެކިތަކާއި، އެކަމާ ގުޅުންހުރި ނަޒަރިއްޔާތުތަކާއި، ޖެންޑަރ ބޭސް ވަޔަލެންސާ ޑޮމެސްޓިކް ވަޔަލެންސާ ރިސްކް އެސެސްމަންޓްތަކާއި، ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ޖުޑިޝަލް ރެގިއުލޭޝަން ގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުގައި ގަވާއިދު އެޑޮޕްޓްކުރުމަށް އެކްޝަން ޕްލޭން އެކުލަވައިލުން ވެސް މި ޕްރޮގްރާމްތެރޭގައި ހިމެނިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

5 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ތަމްރީނުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން 31 މެޖިސްޓްރޭޓުން ވަނީ ބައިވެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން