ކުޅިވަރު

ވިމެންސް ކާވާ ކަޕް 2025 ރާއްޖޭގައި ފަށައިފި

ވިމެންސް ކާވާ ކަޕް 2025 ރާއްޖޭގައި ފަށައިފި

ވުމެންސް ކާވާ ކަޕް 2025 ފެށުމުގެ ރަސްމިއްޔާތު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

21 ޑިސެމްބަރު 2025، 10:10

21 ޑިސެމްބަރު 2025، 10:10

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކަށްފަހު ވުމެންސް ކާވާ ކަޕް 2025 ހޮނިހިރު ދުވަހުގެރޭ ރާއްޖޭގައި ފަށައިފިއެވެ.

މި ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފާއި، ކާވާގެ ގައުމުތަކުގެ ވޮލީ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ އިފްތިތާޙުކުރުން ވެސް އޮތެވެ. މި ޓްރޮފީ އިފްތިތާޙުކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ދިވެހިރާއްޖެ އާއި ބަނގުލަދޭޝްއެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން އަދި ކިރްގިސްތާނެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ ވަނީ ހުރިހާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފަކާއި އުފަލެއްކަން ފާހަގަ ކުރައްވާ މިފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރާއި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވާ ހާއްސަ އަހަންމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަންހެނުން ބާރުވެރިކުރުވުމާއި ޒުވާނުންގެ ތަރައްޤީީއަށް މި ސަރުކާރުން ދެއްވާ އިސްކަން މި މުބާރާތުން ފެނިގެންދާ ކަމަށާއި، އުންމީދަކީ މި މުބާރާތުގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ މުބާރާތަކަށް މިމުބާރާތްވުން ކަމަށްވެސް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ކުޅިވަރުގެ އަހުލާގާއި ޕްރޮފެޝަނަލިޒަމް ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން