ކުޅިވަރު

ކާވާ ވިމެންސް ކަޕް: ރާއްޖެއިން ފަސޭހަކަމާއެކު އަފްޤާނިސްތާން ބަލިކޮށްފި

ކާވާ ވިމެންސް ކަޕް: ރާއްޖެއިން ފަސޭހަކަމާއެކު އަފްޤާނިސްތާން ބަލިކޮށްފި

ކާވާ ވިމެންސް ކަޕްގައި ރާއްޖެއާ އަފްޤާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

22 ޑިސެމްބަރު 2025، 09:29

22 ޑިސެމްބަރު 2025، 09:29

މިހާރު ރާއްޖޭގައި ކުރިޔަށްދާ ކާވާ ވިމެންސް ކަޕް 2025ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ. 

މާލޭ ޔޫތު ސެންޓަރުގެ އެތެރޭ ހޯލުގައި އަފްޤާނިސްތާނާއި ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ، ފަސޭހަކަމާއެކު ސީދާ 3 ސެޓުންނެވެ. 

ފުރަތަމަ ސެޓު ދިވެހި ޓީމުން 25-20 ގެންދިޔައިރު، މި ސެޓުގައި  އައިމިނަތު ޝަހާ ވަނީ މޮޅު ކުޅުމެއް ދައްކައި، ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ.

ދެވަނަ ސެޓުގައި އެންމެ ފާހަގަކޮށްލެވުނީ ދިވެހި ޓީމުގެ ސެންޓަރއަށް ކުޅެމުންދިޔަ ނަރީމާ އިދުރީސްގެ ކުޅުމެވެ. އެ ސެޓު ދިވެހިން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް، 25-13 އިންނެވެ. 

ކާވާ ވިމެންސް ކަޕްގައި ރާއްޖެއާ އަފްޤާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ތިން ވަނަ ސެޓުގައި ދިވެހި ޓީމުން ބަދަލުތަކެއް ފެނިގެންދިޔަ ނަމަވެސް ޓީމުގެ ކުޅުމުން މާބޮޑު ބަދަލެއް ފެނިގެންނެއް ނުދެއެވެ. ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. ތިން ވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ ކުރިން ދެ ސެޓަށްވުރެވެސް ތަފާތު ބޮޑުކޮށެވެ. އެއީ 25 - 12 އިންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި މިރޭ ދިވެހިރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާންވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ.

ލީގުބުރުގެ މެޗުތަކަށްފަހު ސެމީފައިނަލްގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. އަދި ދެވަނަ ސެމީގައި 2 ވަނަ އަށްދާ ޓީމް ބައްދަލުކުރާނީ 3 ވަނަ ޓީމާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން