ކުޅިވަރު / ޚަބަރު

ޤައުމީ އަންހެން ވޮލީބޯޅަ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ލިބުނު ފަޚުރެއް : ރައީސުލްޖުމްހޫރިއްޔާ

ޤައުމީ އަންހެން ވޮލީބޯޅަ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ލިބުނު ފަޚުރެއް : ރައީސުލްޖުމްހޫރިއްޔާ

ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ފޮޓޯ: އެކްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 04:32

25 ޑިސެމްބަރު 2025، 04:32

ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގެ ފައިނަލަށް ދަތުރުކޮށްފައިވާތީ، މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް  އެކައުންޓް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މުބާރާތުގައި ދިވެހި އަންހެން ވޮލީބޯޅަ ޓީމުން ދައްކަމުންދާ މޮޅު ކުޅުމަށް ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ޓީމުން މިހާރުވެސް ވަނީ ޤައުމީ ބޮޑު ފަޚުރެއް ހޯދާފައި ކަމަށެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރެވުމަކީ ދިވެހި ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިރޭ ކުޅޭ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އެމަނިކުފާނުގެވެސް ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިހާރުވެސް ތިބީ ޤައުމީ ޓީމާއެކު ކަމަށާއި، ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާވާ ކަޕް 2025 ގައި ދިވެހި ޓީމުން މިހާތަނަށް ދައްކާފައިވާ ކުޅުމަކީ ގިނަ ބަޔެއްގެ ތައުރީފު ލިބިފައިވާ ކުޅުމެކެވެ. މިރޭގެ ފައިނަލް މެޗަށް ދިވެހި ރައްޔިތުން ވަރަށް ބޮޑު އުންމީދަކާއި އެކު އިންތިޒާރު ކުރަމުންދާ އިރު، ޤައުމީ ޓީމަށް ކާމިޔާބީއަށް އެދި ހެޔޮ ދުޢާ ކުރަމުންދާ ކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450