Ads by Stelco

ޚަބަރު

އެކަނިވެރި މައިންނާ ބަފައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފި

އެކަނިވެރި މައިންނާ ބަފައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

25 ޑިސެމްބަރު 2025، 08:07

25 ޑިސެމްބަރު 2025، 08:07

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ގަވައިދުގައި މީގެ ކުރިން އޮންނަ ގޮތުން، އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ. މިއަދު ގެނައި އިސްލާހާއެކު، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭނެކަމަށްވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ. ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިންގެ އެލަވަންސް ހޯދުމަށް 5,443 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. 

އެކަނިވެރި މައިންނާއި ބަފައިންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުއިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، އެކަނިވެރިމައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިނިދަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450