ކުޅިވަރު

ދިވެހި ލީގު: ޔޫވީ ބަލިކޮށް ޓީސީއިން ތިން ދަރަޖަ ކުރިޔަށް ޖެހިލައިފި

ދިވެހި ލީގު: ޔޫވީ ބަލިކޮށް ޓީސީއިން ތިން ދަރަޖަ ކުރިޔަށް ޖެހިލައިފި

ގޯލު ކާމިޔާބުކުރުމަށްފަހު ޓީސީގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮތޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޑިސެމްބަރު 2025، 09:30

25 ޑިސެމްބަރު 2025، 09:30

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-1އިން ބަލިކޮށް، ލީގު ތާވަލުގައި ތިން ދަރަޖަ ކުރިޔަށްޖެހިލައިފިއެވެ.

މި މެޗަށް ނިކުތްއިރު ޓީސީ އޮތީ 6 ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައެވެ. ނަމަވެސް ޔޫވީއާ ދެކޮޅަށް ހޯދި 3 ޕޮއިންޓާއެކު ޓީސީވަނީ 9 ޕޮއިންޓާއެކު ލީގުގެ 7 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. 

ޓީސީއިން މި މެޗަށް ނިކުތީ ވަރަށް އުއްމީދާއެކުއެވެ. އެއީ މިދިޔަ ހަފްތާގައި ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދިފައި އޮތުމުންނެވެ. އެ މެޗުގައި މާޒިޔާއިން މޮޅުވެގެން މެޗު ނިންމާލަން ދަނިކޮށް، ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ތެރޭގައެވެ. އެއީ މާޒިޔާއަށް މި ސީޒަންގައި ގެއްލުނު ހަމައެކަނި ޕޮއިންޓުތަކެވެ. 

ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ލިބުނު ހަނި ފުރުސަތެއްގެ ބޭނުން ހިފައި، ޓީސީގެ ފޯވާޑް، ބޯޑޫ ޕްރިންސް ޓީސީއަށް ލީޑު ނަގައިދިނީ 40 ވަނަ މިނެޓުގައެވެ. 

އަދި ޓީސީއިން ލިޑު ފުޅާކުރީ މެޗުގެ 60ވަނަ މިނެޓުގައި އަނެއްކާ ވެސް ބޯޑު ޕްރިންސްގެ ގޯލަކުންނެވެ. 

މެޗުން ޓީސީއަށް ތިން ޕޮއިންޓު ޔަޤީންކުރި ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޙުސެއިން ޝަރީފް މުޙައްމަދެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކުޅެން ނިކތްތާ 3ވަނަ މިނެޓުގެ ތެރޭގައެވެ. 

މި މެޗުން ބަލިވުމުން ޔޫވީ އޮތީ 7 ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450