Ads by Stelco

ޚަބަރު

މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ތަޞައްވުރެއް އެބައޮތް: ޝަކީބު

މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ތަޞައްވުރެއް އެބައޮތް: ޝަކީބު

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު---

farudhun logo

ފަރުދުން

30 ޑިސެމްބަރު 2025، 08:46

30 ޑިސެމްބަރު 2025، 08:46

މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް އެބައޮތްކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

ޝަކީބު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވާހާއި ގުޅިގެން ހޯމަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ޝަކީބު ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑަށް 63 އަހަރު ފުރި 64 ވަނަ އަހަރު ގުނަން ފަށާއިރު ކުރެވޭ އެންމެ ފޮނި އުއްމީދަކީ މީޑިއާއި ޚަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ތަޞައްވުރެއް ގެންގުޅުމެވެ.

މީގެ އިތުރުން، މި ދާއިރާއިން މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ޝުކުރު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ޝަކީބު ވަނީ ވިދާޅުވެފައެވެ. 

"ދިވެހިރާއްޖޭގެ މީޑިއާ ހަބަރު ފަތުރާއި ވަސީލައްތައް ތަރައްޤީކުރެއްވުމަށްޓަކައި މިހާތަނަށްވެސް ކޮށްދެއްވާފައިވާ މަސައްކަތަކީ ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހޭނެކަމެއް. ރައީސްގެ ތަސައްވުރާއެކީފައި ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ލިބޭކަމަށް އުމްނީދުކުރަން. އެމަނިކުފާނު ޒާމާއަތުގައި ޕީއެސްއެމްގެ ކުޑައިގެ ހިޔާވަހިކަމުގެ ދަށުގައި ހުރި މުވައްސަސާތަކަށް ތަރައްޤީއަންނާނެކަމަށް ޔަޤީންކުރަން. އެފޮނި އުންމީދު ކުރާހާލު ޝުކުރުދައްނަވަން." އެމްޑީ ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވަނީ މިކުރާ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ދަނެ، ޤައުމިއްޔަތުގެ ބަހާތަކަށް އިސްކަންދީ، ދީނާއި ބަހާއި ސަޤާފަތާއި އަދި ދިވެހިވަންތަކަމަށް އިސްކަންދީގެން ޤައުމު ބިނާކުރުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450