ކުޅިވަރު

ގްރީން ސްޓްރީޓްސް ބަލިކޮށް ބުރު ސްޕޯޓްސްއިން މުހިންމު ޕޮއިންޓުތަކެއް ހޯދައިފި

ގްރީން ސްޓްރީޓްސް ބަލިކޮށް ބުރު ސްޕޯޓްސްއިން މުހިންމު ޕޮއިންޓުތަކެއް ހޯދައިފި

ބުރު ސްޕޯޓްސްގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ހުޑްސަން ޑިއާސް (ކ) އާއި އެ ޓީމުގެ ކެޕްޓަން އަލީ ހަމްދާން (ވ) އުފާފާޅު ކުރަނީ / ފޮޓޯ: މިހާރު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖެނުއަރީ 2026، 07:54

06 ޖެނުއަރީ 2026، 07:54

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް 3-1އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މުހިންމު ޕޮއިންޓުތަކެއް ހޯދައިފިއެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗަށް ބުރު ސްޕޯޓްސްއިން ނިކުތްއިރު އެ ޓީމު އޮތީ ލީގުގެ 4ވަނައިގައި ނަމަވެސް، ވިކްޓަރީ ސްޕޯޓްސް ކްލަބުން އޮތީ އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. އެހެންކަމުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ހޯދި ޕޮއިންޓުތަކާއެކު 13 މެޗުން 23 ޕޮއިންޓު ހަމަކޮށް، ބުރު ސްޕޯޓްސް މިވަނީ ޕޮއިންޓުގެ ގޮތުން ވެސް ވިކްޓަރީ ފަހަތަށް ޖައްސައި، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ހަމަހަމަކޮށްފައެވެ.

އަދި ނިއު ރޭޑިއަންޓް 1 ގޯލުގެ ތަފާތުން ތިންވަނައިގައި އޮތުމުން، އެ މަޤާމު ދިފާއުކުރުމަށް މިރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ ޓީމު ނިކުންނަ މެޗުގައި ބަލިނުވެ ފަރުޖައްސާލުން މުހިންމު ވާނެއެވެ. އެހެންނޫންނަމަ ގޯލު ތަފާތުން އެ ޓީމަށް ލީގުގެ ތިންވަނަ މަޤާމު ގެއްލޭނެއެވެ.

ގްރީން ސްޓްރީޓްސް މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނެގީ ގޯލް ކީޕަރު އޯޖޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެއީ ކީޕަރަށް ޑިފެންޑަރަކު ކުޅުނު ބޯޅައެއް ކުރިޔަށް ފޮނުވާލަން އުޅުމުގެ ތެރޭގައި، އޭނާއަށް ބޯޅައިގައި ރަނގަޅަށް ލައްވާ ނުލުމުން، ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ބުރު ސްޕޯޓްސްގެ ކެޕްޓަން ޢަލީ ހަމްދާން އެ ބޯޅަ ހޯދުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ދުވަމުން ދިޔަ ބިދޭސީ ފޯވާޑް ހުޑްސަން ޑިއާސްއަށް ކުޅެލުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ބުރު ސްޕޯޓްސްއިން ލީޑު ފުޅާކުރީ މެޗުގެ 53ވަނަ މިނެޓުގައި މުޙައްމަދު ނާއިމް ކާމިޔާބުކުރި ގޯލަކުންނެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޓަރުންނަށް ސާފުކޮށް ނުލެވިގެން ނާއިމްއަށް ލިބުނު މި ބޯޅައާއެކު ނާއިމް ކާމިޔާބުކޮށްފައި މިވަނީ ސީޒަންގައި އޭނާ ކާމިޔާބުކުރި 11ވަނަ ގޯލެވެ. އެހެންކަމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސާރޖިއޯ މެންޑީއާ ހަމަކޮށް، ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގައި ނާއިމް ވެސް އޮތީ އެއްވަނައިގައެވެ.

މި މެޗުގައި ބުރު ސްޕޯޓްސް ކްލަބުގެ އަބްދުالله ޔާމީން ވެސް ވަނީ އެނބުރި އައިސްފައެވެ. އޭނާ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެފައިވަނީ، ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން 3 މަހަށް ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. 

ބުރު ސްޕޯޓްސްގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ ވެސް ޔާމީންއެވެ. އެއީ ނާއިމްއަށް ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން 84ވަނަ މިނެޓުގައި ޔާމީން ކާމިޔާބުކުރި ގޯލެކެވެ.

ގްރީން ސްޓްރީޓްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި މިސްރުގެ ޑިފެންޑަރު އެލް ސައީދުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450