Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރަކަށް ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 03:19

07 ޖެނުއަރީ 2026، 03:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ފާސްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ ޢައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އޭނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޚާއްޞަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާޤުންނެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް މިހާރު ޑރ. ރަމީލާ ޢައްޔަނުކޮށްފައިވާއިރު، އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޑރ. ޢާއިޝަތު ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 'ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު' ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450