ކުޅިވަރު

ވެލެންސިއާއިން ތުހުމަތުކުރަނީ ގްރީން ސްޓްރީޓްސްއިން އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅީކަމަށް

ވެލެންސިއާއިން ތުހުމަތުކުރަނީ ގްރީން ސްޓްރީޓްސްއިން އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅީކަމަށް

ވެލެންސިއާއިން ތުހުމަތުކުރަނީ ގްރީން ސްޓްރީޓްސްއިން އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅީކަމަށް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ފެބްރުއަރީ 2026، 09:45

06 ފެބްރުއަރީ 2026، 09:45

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަހުބުރުގައި ބުރާސްފަތި ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސް ހާޒިރު ނުވީ، އެ ޓީމުން އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅުމަށްކަމަށް ކްލަބް ވެލެންސިއާއިން ތުހުމަތުކޮށްފިއެވެ.

ވެލެންސިއާއިން މި ތުހުމަތުކުރީ، ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުގެ ނަތީޖާއަކީ ދިވެހި ލީގުން ރެލިގޭޓުވާ ޓީމެއް ކަނޑައެޅިގެންދާނެ މެޗަށް ވުމުންނެވެ.

ލީގުގައި މި މެޗާ ހަމައަށް އައިއިރު، ލީގުގެ ދިހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ ރެލިގޭޓުވެފައިވީނަމަވެސް، ވެލެންސިއާ އޮތީ ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސް 2-0އިން ބަލިކޮށް، 12 ޕޮއިންޓާއެކު ލީގުގެ ނުވަވަނައިގައެވެ. އަދި ގްރީން ސްޓްރީޓްސްއަށް ވެސް 12 ޕޮއިންޓު ލިބިފައި އޮތްއިރު، އެ ޓީމު ލީގުގެ އަށްވަނައިގައި އޮތީ 4 ގޯލުގެ ތަފާތުންނެވެ. 

އެހެންކަމުން ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމުން، ލީގުގެ ޤަވާއިދުގައިވާ ގޮތުން، އެ މެޗު 2-0އިން ނިއު ރޭޑިއަންޓަށް ލިބުނެވެ. އަދި މި ނަތީޖާއާއެކު ރެލިގޭޓު ވާނީ ވެލެންސިއާއެވެ.

މިކަމާ ގުޅިގެން ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މެޗަށް ހާޒިރުނުވުމުން މެޗު ގެއްލޭނީ 2 ގޯލުން ކަމަށް ދިވެހި ޕްރިމިއަރ ލީގުގެ ޤަވާއިދުގައި ބުނެފައި ވާތީ ގްރީން ސްޓްރީޓްސްއިން ނެގި އެޑްވާންޓޭޖެއްކަމަށެވެ. އެހެންކަމުން މެޗުގެ ނަތީޖާ އަމިއްލައަށް ކަނޑައެޅުމަކީ "މެޗް ފިކްސިން" ކަމަށް ބެލެވޭކަމަށާއި، މިއީ ފުޓުބޯޅައިގައި ބޮޑު އަދަބުތައް ކަނޑައަޅާ ކުށެއް ކަމަށެވެ.

އެހެންކަމުން މިއީ ގްރީން ސްޓްރީޓްސްއިން ގަސްތުގައި ވެލެންސިއާގެ ޙައްޤެއް ނިގުޅައިގަތުންކަމަށް ވުމުން، މި މައްސަލަ ބެލުމަށް ވެލެންސިއާއިން ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ގޮވާލާފައެވެ.

މި ސީޒަންގައި ކުޅޭ ދިވެހި ލީގުގެ ފަހު މެޗު ކުޅޭނީ މިރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބެވެ. މި މެޗަށްފަހު މާޒިޔާއާ ލީގުގެ ތަށި ހަވާލުކުރުން. ވެސް އޮންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450