Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް ޑރ މުޢިއްޒު ޖަރުމަނަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ފެބްރުއަރީ 2026، 03:31

13 ފެބްރުއަރީ 2026، 03:31

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެ ޤައުމުގެ ގުޅުން ބަދަހިކުރުން
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ޝްޓައިންމަޔަރ ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. މިގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ އެހީގައި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި ގުޅުން ސިންދަފާތުކޮށް ބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާ
ދަތުރުފުޅުގެ ތެރެއިން ކުރިއަށްދިޔަ "މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވައި، ޖަރުމަނުގެ ކުންފުނިތަކަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ. މި ބައްދަލުވުމުގެ ތެރެއިން ވިޒިޓް މޯލްޑިވްސް އާއި ވިލާތުގެ މަޝްހޫރު ފަތުރުވެރިކަމުގެ ގްރޫޕެއް ކަމަށްވާ ޑިއަރޓުއަރ ޑޮއިޝްލަންޑް އާ ދެމެދު ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ތަޤުރީރުތަކާއި ޢިލްމީ ޒިޔާރަތްތައް
ރައީސުލްޖުމްހޫރިއްޔާ ވަނީ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކާ ގުޅޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވާފައެވެ. މީގެ އިތުރުން ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) ގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ މުހިންމުކަމާ ބެހޭގޮތުން އެމަނިކުފާނު މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތުގައި ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކި ފުރުޞަތެއް ދެއްވާފައެވެ. މި ޖާފަތުގައި ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450