ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސާއެކު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރުގެ މުނާސަބަތާއި ގުޅިގެން ތަހުނިޔާ ފޮނުއްވައިފި އެވެ.
ޗައިނާގެ އައު އަހަރު ފެށުމާއި ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޤައުމުގެ ރައީސް ޝީ ޖިންޕިންއަށާއި، އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ޗިއާންގް، އަދި އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.
On this joyous occasion of the Chinese New Year, I wish to convey heartfelt greetings to HE President Xi Jinping, Premier of the State Council HE Li Qiang, the Government and the friendly people of China.
— Dr Mohamed Muizzu (@MMuizzu) February 17, 2026
The ambition, grit and success that underlie the Year of the Fire Horse… pic.twitter.com/eVEbb5AOEl
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 'އިޔަރ އޮފް ދަ ފަޔަރ ހޯސް' ގެ ނަމުން ނަން ދެވިފައިވާ މި އަހަރު، ޗައިނާއަށް އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މި ފެށޭ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ޤައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު އާކުރައްވަމުންނެވެ.